އެލައިޑްގެ ޗައިލްޑް އެޑިއުކޭޝަން ޕްލޭން ހެޔޮ އަގުގައި ލިބޭ ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށްފިއެވެ.

އެލައިޑް އިންޝުއަރަންސް އިން ބުނީ، އެ ކުންފުނީގެ އިސްލާމިކް ވިންޑޯ، އަޔާދީއިން ފޯރުކޮށްދޭ ޗައިލްޑް އެޑިއުކޭޝަން ތަކާފުލްއަށް ހާއްސަ އެ ޕްރޮމޯޝަންގެ މުއްދަތު ހަމަވެފައިވަނީ 30 ޖޫންގައި ކަމަށެވެ. ނަމަވެސް ގިނަ އަދަދެއްގެ ކަސްޓަމަރުންގެ އެދުމުގެ މަތިން، މިހާރު ޕްރޮމޯޝަންގެ މުއްދަތު ނުވައެއް އޮގަސްޓާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

"އެހެންކަމުން މި މުއްދަތުގެ ތެރޭގައި ޕްލޭން ނަގާ އެންމެ ފުރަތަމަ 50 ކަސްޓަމަރުންގެ ފުރަތަމަ މަހުގެ ޕޭމަންޓުން 50 ޕަސަންޓު ޑިސްކައުންޓެއް އަދިވެސް ލިބޭނެ،" އެލައިޑުން ބުންޏެވެ،

ޗައިލްޑް އެޑިއުކޭޝަން ތަކާފުލް ޕްލޭނަކީ ދަރިންގެ މަތީ ތައުލީމަށް ބޭނުންވާ ފަންޑް ގާއިމުކުރުމަށް އެހީވެދޭ ޕެލޭނެކެވެ. ސޭވިންގެ އިތުރުން، އެ ޕްލޭންގެ އެންމެ ހާއްސަ ސިފައަކީ "ރައްކާތެރިކަން" ކަމުގައި އަޔާދީއިން ފާހަގަ ކުރެއެވެ.

އެ ޕްލޭން ނެގުމަށްފަހު، ޕްލޭންގައި ހިމަނާފައިވާ ހާލަތެއް މެދުވެރިވެގެން ފައިސާ ނުދެއްކިއްޖެ ހާލަތެއްގައި ކަސްޓަމަރު ދައްކަން ޖެހޭ ފައިސާ ޕްލޭންގެ މުއްދަތު ހަމަވަންދެން އަޔާދީއިން ކަވަރުކޮށްދެއެވެ.

އެ ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް އެލައިޑްގެ ހިލޭ ގުޅޭ ހޮޓްލައިން 1600 އަށް ގުޅުމަށް އެ ކުންފުނިން އެދެއެވެ.