މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމް، ދައުލަތުުގެ މާލީ ކަންކަމުގައި ފިނޭންސް މިނިސްޓްރީން އެދުނު ލަފައެއް ނުދީވޭތޯއާއި އެ މިނިސްޓްރީއަށް އެއްބާރުލުން ދީފައިވޭތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
ކޮމިޓީން މިގޮތަށް ފާސްކުރީ، އަލީ ހާޝީމް މަގާމުން ވަކިކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށް މަޖިލިސް ތަޅުމަށް ފޮނުވި މައްސަލަ ދިރާސާކުރަން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަލުން މާލިއްޔަތު ކޮމިޓީއަށް މިއަދު ފޮނުވުމުން އެކަމާ ގުޅޭ ގޮތުން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައެވެ.
ބައްދަލުވުމުގައި ގަވަރުނަރު ވަކިކުރަން ހުށަހެޅުއްވި މަޖިލީހުގެ ނާއިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ، ސަރުކާރަށް ބޭނުންވާ ކިހާ ވަރެއްގެ އެއްބާރުލުމެއް ދިންތޯ ގަވަރުނަރު ކައިރިން އޮޅުންފިލުވަންޖެހޭ ކަމަށެވެ. އެހެންކަމުން ސިޓީއަކުން އެ މައުލޫމާތު މަޖިލީހާ ހިއްސާކުރުމަށް އޭނާ ހުށަހެޅުއްވިއެވެ.
ނާޒިމުގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ އިދިކޮޅު އެމްޑީޕީގެ މެންބަރު ޑރ. އަހުމަދު ޝަމްހީދެވެ.
އޭނާ ވިދާޅުވީ، ކޮމިޓީން އޮޅުންފިލުވަން ޖެހެނީ ދައުލަތުން އެދިގެން އެއްވެސް މައުލޫމާތެއް ނުވަތަ އެއްވެސް އެއްބާރުލުމެއް ގަވަރުނަރު ދީފައިނުވޭތޯ ކަމަށެވެ. އެހެންކަމުން ކޮމިޓީގެ ހުރިހާ މެންބަރުންގެ ވޯޓާއެކު އެ ކަންތައްތައް ފިނޭންސް މިނިސްޓްރީން އޮޅުން ފިލުވުމަށް ކޮމިޓީން ފާސްކުރިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު