ގއ. ވިލިނގިލީގައި އަންހެނެއްގެ ބޮލުގައި ގަލަކުން ޖަހައި، ޒަހަމް ކޮށްލި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް ހަތް ދުވަސް ޖަހައިފިއެވެ.
އެ މައްސަލައެއް އިއްޔެ ރޭ ދަންވަރު ފުލުހުން ހައްޔަރުކުރީ، މަސްވެރިޔާ އަލީ ސާޖިދު 32އ އެވެ.
ފުލުހުން ބުނި ގޮތުގައި އެ މާރާމާރީގައި އަނިޔާވެފައި ވަނީ 46 އަހަރުގެ އަންހެނަކަށެވެ. އޭނާއަށް ގއ. އަތޮޅުގެ ހޮސްޕިޓަލުގައި ފަރުވާ ދީފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން މިއަދު ބުނީ، ސާޖިދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން ހަތް ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
ސާޖިދަކީ މަސްވެރިންގެ ހައްގުގައި އަޑު އުފުލަމުންދާ ސޯޝަލް މީޑިއާގެ އެކްޓިވިސްޓެކެވެ. މި ފަހުން ގއ. ވިލިނގިލީގައި ކުޑަކުއްޖަކަށް ގަނާ ކުރަމުންދާ މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިކޮށް، އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިދީވަނީވެސް ސާޖިދެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު