ކުޑަކުދިންނާއި ބޮޑެތި ކުދިން ތަރުބިއްޔަތު ކުރުމުގައި އެ ކުދިންނާ ގުޅުންބަދަހިކުރުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ބެލެނިވެރިންގެ ދުވަހުގެ މުނާސަބަތުގައި ޔުނިސެފަށް ދެއްވި މެސެޖެއްގައި މެޑަމް ސާޖިދާ ވިދާޅުވީ ދަރިން ތަރުބިއްޔަތު ކުރުމަކީ ވަރަށް މުހިންމު އަދި ވަރަށް ބޮޑު ޒިންމާއެއް ކަމަށެވެ. އެގޮތުން މައިންބަފައިން ނުވަތަ ބެލެނިވެރިން ކުދިން ރަނގަޅު ގޮތަށް ތަރުބިއްޔަތު ކުރާނަމަ އެ ކުދިންނާ އެކީގައި އިންނަ ގުޅުން ބަދަހިކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.
އެ ގުޅުން ބަދަހިކުރުމަށްޓަކައި ތަފާތު އުމުރުފުރާގެ ކުދިންނާއެކީގައި ތަފާތު ގޮތްގޮތަށް އެ ގުޅުން ބަދަހިކުރަންޖެހޭ ކަމަށާއި ވަކިން ހާއްސަކޮށް ކުޑަކުއްޖަކާ އެކީގައި ގުޅުން ބަދަހިކުރާ ނަމަ އެ ކުއްޖާގެ ފަންތީގެ ހަރަކާތްތަކުގައި އެ ކުއްޖާއާ އެއްކޮށް ބައިވެރިވާންޖެހޭ ކަމަށް ސާޖިދާ ވިދާޅުވިއެވެ.
"ވަކިން ހާއްސަކޮށް މައިންބަފައިން ނުވަތަ ބެލެނިވެރިޔާއާމެދުގައި އޮންނަ އިތުބާރު އުފެދުނު ވަރަކަށް އެ ގުޅުން ބަދަހިވެގެން މި ދަނީ. އެކަމުގެ ސަބަބުން އިތުބާރާއެކީގައި މާހައުލުގެ ތެރޭގައި ފެންނަ ނޭދެވޭ ކަންތައްތަކުން އެ ކުދިން ސަލާމަތް ކުރުމަށްޓަކައި ވަރަށް ބޮޑަށް އެހީތެރިކަން އެބަ ލިބޭ. އެއީ ކުދިން އެންމެ އިތުބާރު ކުރަނީ މައިންބަފައިން ނުވަތަ ބެލެނިވެރިންކަމުގައި ވަނީ ނަމަ އެ ކުދިން މާހައުލުން ފެންނަ ކޮންމެ ކަމަކަށް އެއަށް ދިއުން އެބަ ކުޑަކުރެވޭ،" ސާޖިދާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު