މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު، ޗައިނާގެ ރައީސް ޝީ ޖިންގްޕިންގް އާ ބައްދަލު ކުރައްވައިފިއެވެ.
ޝާހިދު، ޝީ ޖިންޕިން އާ ބައްދަލުކުރެއްވީ "ފައިވް ޕްރިސިޕަލްސް އޮފް ޕީސްފުލް ކޯ-އެގްޒިސްޓެންސް" އަށް 70 އަހަރު ފުރުމުގެ މުނާސަބަތުގައި ޗައިނާގެ ވެރިރަށް ބެއިޖިންގްގައި ބޭއްވި ކޮންފަރެންސްގެ ހަވާސާގައެވެ.
ޝާހިދު އެކްސްގައި ވިދާޅުވީ، ޗައިނާގެ ރައީސް ޝީ އާ ބައްދަލުކުރެއްވީ އެ ކޮންފަރެންސްގައި ޝީ ދެއްވި ތަގުރީރުގެ ކުރިން ކަމަށެވެ.
ޝާހިދު ވިދާޅުވީ، އެއް ބަޔަކު އަނެއް ބަޔަކަށް އިހުތިރާމު ކޮށްގެން، ދުނިޔޭގެ ސުލްހަ އާއި އަމާންކަން ގާއިމްކުރުމަށް ޝީ ކުރައްވާ މަސައްކަތްތަކުން ހިތްވަރު ލިބޭ ކަމަށެވެ.
"އިންސާނިއްޔަތަށް އޮތީ އާދައިގެ ޗޮއިސްއެކެވެ. ސުލްހަވެރި އެކުވެރިކަމެވެ،" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު އިތުރަށް ވިދާޅުވީ، އެންމެން ގުޅިގެން، އާންމު ގޮންޖެހުންތަކަށް ހައްލު ހޯދައި، ދެމެހެއްޓެނިވި، ސުލްހަވެރި، ހަމަޖެހޭ، ތަނަވަސް މުސްތަގުބަލަކަށް މަގު މަގުފަހިކޮށްދެވިދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު