ދިވެހި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) އަދި މަންޓާ އެއާ ގުޅިގެން ބެންގަލޫރުގައި ބޭއްވި ރޯޑް ޝޯ ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ.
މި ރޯޑް ޝޯ ކުރިއަށް ގެންގޮސްފައި ވަނީ، މިދިޔަ ބުދަ ދުވަހު ބެންގަލޫރުގެ ޝަންގްރިލާ ހޮޓެލްގައެވެ.
މަންޓާއިން މިއަދު ބުނީ، އެ ރޯޑްޝޯއަކީ އިންޑިއާއިން ރާއްޖެއަށް ޒިޔާރާތް ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށާއި އިންޑިއާގެ ޓްރެވެލް އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަރާތްތަކާ ބައްދަލުވެ، ގުޅުން ބަދަހި ކުރުމަށް ބޭއްވި ރޯޑްޝޯއެއް ކަމަށެވެ. އެގޮތުން އެ ރޯޑް ޝޯގައި 150 އަށްވުރެ ގިނަ ޓްރެވެލް އެޖެންޓުންގެ އިތުރުން ޓުއާ އޮޕަރޭޓަރުންނާއި އިންޑިއާގެ މީޑިއާތަކުގެ މީހުން ބައިވެރިވެފައިވެއެވެ.
- ޔުނިވާސަލް ރިސޯޓްސް
- މައިނާ ހޮޓެލްސް
- އެން އެޗް ކަލެކްޝަން އެންޑް އަވާނީ
- އެޓްމޮސްފިއާ ހޮޓެލްސް އެންޑް ރިސޯޓްސް
- ސަން ސިޔާމް ރިސޯޓްސް
- ވިލާ ހޮޓެލްސް އެންޑް ރިސޯޓްސް
- ޕަލްސް ހޮޓެލްސް އެންޑް ރިސޯޓްސް
- އޭއޭއޭ ހޮޓެލްސް އެންޑް ރިސޯޓްސް
- އަންގްސާނާ ވެލާވަރު
- ކޯމޯ
- އާރުއައިޔޫ ހޮޓެލްސް އެންޑް ރިސޯޓްސް
- ސައުތު ޕާމް
- ކަލާ އޮބްލޫ
- އިފުރު އައިލެންޑް މޯލްޑިވްސް
- ދޮންވެލި އިން
މަންޓާގެ ޑެޕިއުޓީ ސީއީއޯ އަހުމަދު މައުމޫން ވިދާޅުވި ގޮތުގައި، މަންޓާއިން ކޮންމެ ހަފުތާއަކު ދާލު އަތޮޅު އެއާޕޯޓުން އިންޑިއާގެ ބެންގަލޫރަށް ދަތުރުތައް ކުރާތީ، އެ ގައުމުގެ ފަތުރުވެރިން ރާއްޖެ އައުމަށް ފަސޭހަވާނެ ކަމަށެވެ. އަދި އެއީ ޑައިރެކްޓް ރޫޓެއް ކަމުން، ފަސޭހައިން ޗުއްޓީ ހޭދަކުރަން ބޭނުންވާ މަންޒިލަށް ދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
އިންޑިއާއަކީ މިއަދު އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ޓޫރިޒަމް މާކެޓްކަން ފާހަގަ ކުރައްވައި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވީ އެ މާކެޓަކީ ރާއްޖެއަށް ވަރަށް މުހިންމު މާކެޓެއް ކަމަށެވެ. އަދި މި ރޯޑްޝޯއަކީ އިންޑިއާގެ މާކެޓުތަކާ ގުޅުން ބަދަހި ކުރުމަށް މުހިންމު ޕްލެޓްފޯމަކަށް ވެގެން ގޮސްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު