މިފްކޯގެ ސީއީއޯ އަދި އެމްޑީގެ މަގާމަށް ބޭރުގެ ފަރާތެއް ކުރިމަތިލާން ހުޅުވާލައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން މިއަދުކުރި އިއުލާނެއްގައި ބުނީ އެ މަގާމަށް ކުރިމަތިލުމުގެ އެންމެ ފަހުގެ ތާރީހަކީ މިއަންނަ ޖުލައި މަހުގެ 15 ވަނަ ދުވަސް ކަމަށެވެ.

މިފްކޯގެ ސީއީއޯގެ މަގާމަށް ކުރިމަތިލާ މީހަކީ އެފަދަ މަގާމެއް ޒިންމާތައް އަދާކުރެވޭނެ ފަދަ ގާބިލް މީހަކަށްވާން ޖެހޭނެ ކަމަށް ޕީސީބީން ބުންޏެވެ.

އެގޮތުން އެ މަގާމަށް ކުރިމަތިލާ މީހެއްގެ ސީވީގައި، މީގެ ކުރިން އެ މަގާމާ ގުޅޭގޮތުން ކޮށްފައިވާ މަސައްކަތާއި އަދާކޮށްފައިވާ ވަޒީފާތަށް ބަޔާން ކުރަންވާނެ ކަމަށް ޕީސީބީން ބުންޏެވެ. އަދި ކުރިމަތިލާ މީހެއްގެ ތައުލީމީ ފެންވަރު ބަޔާންކޮށްދޭ ސެޓްފިކެޓް ހުށަހަޅަންވާނެ ކަމަށް ޕީސީބީން ބުންޏެވެ. މީގެ އިތުރުން ކަވާ ލެޓާ އެއްވެސް ހުށަހަޅަންވާނެ ކަމަށް ޕީސީބީން ބުންޏެވެ.

ޕީސީބީން ބުނީ މިފްކޯގެ ސީއީއޯގެ މަގާމަށް މީހަކު އައްޔަންކުރާނީ ކޮލިފިކޭޝަންއާއި ތަޖުރިބާއަށް ބަލައިގެން ކަމަށެވެ.