ޗައިނާގެ ޖައްވީ އުޅަނދު ހަނދުން ސާމްޕަލް ހިފައިގެން ދުނިޔެއަށް އަތުވެއްޖެއެވެ.
މިދިޔަ މަހުގެ ތިން ވަނަ ދުވަހު ޗައިނާއިން ޖައްވަށް ފޮނުވާލި އުޅަނދުގައި ހިމެނޭ ހަނދުގެ ދިރާސާ ކުރާ ހާއްސަ އުޅަނދު ''ޗޭންޖް 6'' ހަނދުގެ ދެކުނު ތަނޑީގައި ކުރިޔަށް ގެންދިޔަ އޮޕަރޭޝަން ނިންމާލުމަށްފަހު ދުނިޔެއަށް އަނބުރާ ޖައްސާފައިވަނީ އަންގާރަ ދުވަހުގެ މެންދުރުފަހު ޗައިނާގަޑިން 2 ޖެހި އިރު ކަމަށް ޗައިނާގެ ނެޝަނަލް ސްޕޭސް އެޑްމިނިސްޓްރޭޝަން އިން ބުނެއެވެ.
މޮންގޯލިއާގެ ޗައިނާ ފަޅީގައި އޮންނަ ހުސް ބިމަކަށް ''ޗޭންޖް 6'' ގެ ކެޕްސޫލް ތިރިކުރުމާއެކު ހާއްސަ ޓީމަކުން ވަނީ އެ ކެޕްސޫލްއާ ރައްކާތެރިކަމާއެކު ހަވާލުވެފައެވެ.
އެ އުޅަނދު ކާމިޔާބުކަމާއެކު ދުނިޔެއަށް އައުމާއެކު ޗައިނާގެ ނެޝަނަލް ސްޕޭސް އެޑްމިނިސްޓްރޭޝަނުން ވަނީ އެ މިޝަން ވަރަށް ކާމިޔާބުކަން އިއުލާންކޮށްފައެވެ.
''ޗޭންޖް 6'' އިން ހަނދުން ހިލަ އާއި ވެލި އެއްކޮށްފައި ވާއިރު ޗައިނާގެ ނެޝަނަލް ސްޕޭސް އެޑްމިނިސްޓްރޭޝަނުން ވަނީ ސާމްޕަލް މެދުވެރިކޮށް ހަނދުގެ އަނދިރިފަރާތުގެ އާ މައުލޫމާތުތަކެއް ދިރާސާތަކުން ހޯދޭނެ ކަމަށް ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ