މި އަހަރުގެ މޯލްޑިވްސް މެރިން އިންޑަސްޓްރީ ފޯރަމްގެ އިންޝުއަރަންސް ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވުމަށް އެލައިޑް އިންޝުއަރަންސް އިން ނިންމައިފިއެވެ.

މޯލްޑިވްސް މެރިން އިންޑަސްޓްރީ ފޯރަމަކީ ސަރުކާރުގެ ކަމާބެހޭ އިސްވެރިންގެ އިތުރުން މެރިން ދާއިރާގެ އިސް ސަފުގައި މަސައްކަތް ކުރައްވާ އަމިއްލަ ފަރާތްތައް ބައިވެރިވެ، ހިޔާލު ބަދަލުކޮށް، ސިނާއަތުގައި ކުރިމަތިވާ މުހިންމު އަދި އަސާސީ ގޮންޖެހުންތައް ދެނެގަނެ، ހައްލު ހުށައަޅައި އެފަދަ މައްސަލަތަކާމެދު ހޭލުންތެރިކަން އިތުރުކުރުމަށް އަހަރަކު އެއް ފަހަރު ބާއްވާ ބައްދަލުމެކެވެ. އެ ފޯރަމުގައި

މި އަހަރުގެ ފޯރަމް ބާއްވަން ނިންމާފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހު މީރުމާ ހޯލުގައެވެ.

އެލައިޑުން ބުނީ، ފޯރަމްގެ އިންޝުއަރެންސް ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވުމުގެ އިތުރުން ރާއްޖޭގެ ލީޑިންގ އިންޝުއަރާގެ ހައިސިއްޔަތުން ދާއިރާއަށް ދޭ އަހައްމިއަޔަތުގެ ތެރެއިން މި އަހަރުގެ ފޯރަމްގެ ޕެނަލް ޑިސްކަޝަންގައިވެސް އެ ކުންފުނިން ބައިވެރިވުމަށް ނިންމާފައިވާ ކަމަށެވެ. ޕެނަލްގައި ބައިވެރިވާނީ އަންޑާރައިޓިންގެ ޑެޕިއުޓީ މެނޭޖަރު ހުސެއިން ސަވާދު ކަމަށްވެސް ބުންޏެވެ.

އެލައިޑުން ބުނީ، ޕެނަލް ޑިސްކަޝަންގައި މެރިން އިންޑަސްޓްރީގެ ތެރޭގައި އެ ކުންފުނިން އަދާކުރާ ދައުރާއި އިންޝުއަރަންސް މެދުވެރިކޮށް ދާއިރާގެ ހިދުމަތްތެރިންނަށް ރައްކާތެރިކަން ހޯދޭނެ ގޮތްތަކަށް އަލިއަޅުވާލައި ބައިވެރިންގެ މެދުގައި ހުރި ސުވާލުތަކަށް ޖަވާބު ދޭނެ ކަމަށެވެ.

މި އަހަރުގެ މެރިން އިންޑަސްޓްރީ ފޯރަމުގައި ބައިވެރިވާން އެދޭނަމަ އިވެންޓް ރަޖިސްޓްރޭޝަން ލިންކް: https://www.mmif.mv/events/mmif24-1 މެދުވެރިކޮށް އެ ފުރުސަތު ފަހިވާނެއެވެ.