ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މެޓު އޮފީހުގެ އޮފިޝަލަކު މިއަދު "ވަން" އަށް ވިދާޅުވީ މެދުރާއްޖެތެރެ އާއި އުތުރުގެ އަތޮޅުގެ ރަށްތަކަށް އެވްރެޖުކޮށް ވައި ހުންނާނެ ކަމަށް ބެލޭވެނީ 12 މެލާއި 22 މެލާއި ދެމެދުގެ ބާރުމިނެއްގައި ކަމަށެވެ.
"ދޭތެރެ ދޭތެރެ އަންނަ ވިލާގަނޑުގައި 50 މޭލަށް ވައިބާރު ވުމުގެ ފުރުސަތު އެބައޮތް. ރާއްޖޭގެ ދެކުނަށް އެވްރެޖުކޮށް ވައި ހިފަހައްޓާނެ ކަމަށް ބެލެވެނީ ގާތްގަނޑަކަށް 7 މޭލާއި 12 މޭލާ ދެމެދު. ރާއްޖެއިން ދެކުނަށް މާ ބާރުދަގައި ވިލާގަނޑުގަނޑެއް އަންނާނެ ކަމަކަށް ނުބެލެވޭ،" އޮފިޝަލް ވިދާޅުވިއެވެ.
އޮފިޝަލް އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ތިން ދުވަހު ވެސް މޫސުން ގޯސް ކަމަށާއި މޫސުން ރަނގަޅުވާނީ ބުދަ ދުވަހުން ފެށިގެން ކަމަށެވެ.
"ނަމަވެސް ވާރޭއަށް ބަލާއިރު ހޯމަ ދުވަހުގެ ފަހުން ތަންކޮޅެއް ރަނގަޅު. ރާއްޖެއިން ދެނުކަށް އެހާ ބޮޑު ވިއްސާރައެއް ނެތް. ވައިވެސް އެހާ ބާރެއް ނޫން. ރާއްޖެއިން ދެކުނަށް މެދުރާއްޖެތެރެ އާއި އުތުރުގެ އަތޮޅުގެ ރަށްތަކަށް އެވްރެޖުކޮށް ވައި ހުންނާނެ ކަމަށް ބެލޭވެނީ 12 މެލާއި 22 މެލާއި ދެމެދުގެ ބާރުމިނެެއްގަ،" އޮފިޝަލް ވިދާޅުވިއެވެ.
މެޓުން ވަނީ ހއ. އަތޮޅުން ތ އަތޮޅަށް މިއަދު ހެނދުނު 8:15 އިން 13:00 އާ ދެމެދު ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ގަޑިއަކު 19 މޭލާއި 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް އެ ސަރަހައްދަށް ވަނީ ވައިޓް އެލާޓު ނެރެފައެވެ.
"އެވްރެޖުކޮށް ވައި ބާރުކޮށް ހުރީމަ ހާއްސަކޮށް މެދު ރާއްޖެތެރެއަށާއި އުތުރުގެ އަތޮޅުތަކަށް. އެކްސްޓްރީމް ކޮންޑިޝަނަކަށް ދާކަމަށް ވަނީ ނަމަ އަޅުގަނޑުމެން އެކަމާބެހޭގޮތުން މައުލޫމާތު ރައްޔިތުންނަށް ހިއްސާކުރުމަށް އެއްޗެއް ނެރޭނަން. އެ ދަރަޖަޔަށް ފަހަރެއްގައި ނުގޮސްދާނެ. އެކްސްޓްރިމްލީ ސްރޯންގް ކޮންޑިޝަނެއްނުން މި އުޅެނީ. " މެޓުން ބުންޏެވެ.
މެދު ރާއްޖެތެރެ އާއި އުތުރުގެ އަތޮޅުތަކަށް ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާއި 7 ފޫޓާއި ދެމެދުގައި ކަމަށާއި ނަމަވެސް ދެކުނުގެ އަތޮޅުތަކަށް ދެ ފޫޓް އަދި ހަތަރު ފޫޓަށް ރާޅުގެ އުސްމިން ހުންނާނެ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
މާލެ ސަރަހައްދަށް ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެ ކަމަށެވެ. އަދި މެދު ރާއްޖެތެރޭ ބައެއް ރައްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި އެހެންކަމުން ކަނޑުދަތުރު ކުރާ ފަރާތްތައް މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސް ކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު