3300 އަހަރު ކުރިން މެޑިޓޭރިއަން ކަނޑަށް އަޑިޔަށް ދިޔަ ބޯޓަކާއި އޭގައި ހުރި މުދާ ފެނިއްޖެއެވެ.
އެ ބޯޓު އޮތް ސަރަހައްދު ފެނިފައިވަނީ މެޑިޓޭރިއަން ކަނޑުގެ އިސްރާއީލާއި ވީ ދިމާލުން ކަނޑުގައި ގޭސް ހުރިތޯ ބެލުމަށް މަސައްކަތް ކުރަނިކޮށް ކަމަށް އޮފިޝަލުން ބުނެއެވެ.
އިސްރާއީލުގެ ގަދީމީ ކަންތައްތަކާއި ބެހޭ އިދާރާގެ އޮފިޝަލުން ވަނީ އެ ބޯޓު ފެނިފައިވާ ސަރަހައްދަކީ ފުން ސަރަހައްދެއް ކަމަށާއި ބޯޓަށާއި ބޯޓުގައި ހުރި މުދާ އެހެން ސަރަހައްދުތަކަށް އޮޔާ ނުގޮސް ހުރީ އެ ބޯޓު އޮތް ފުން މިނުގެ ސަބަބުން ކަމަށް ބުނެފައެވެ.
ލަކުޑިން ބަނދެފައިވާ އެ ބޯޓު ފެނިފައި ވަނީ އައްސޭރިފަށާއި 90 ކިލޯމޭޓަރު ދުރުން 1800 މީޓަރު އަޑިން ކަމަށްވެސް އޮފިޝަލުން ބުނެއެވެ.
ބެލެވޭ ގޮތުގައި ކަނޑުފޭރޭ މީހުންގެ ހަމަލާއަކުން ނުވަތަ ތޫފާނެއްގައި ޖެހި ބޯޓު އަޑިޔަށް ދިޔައީ ކަމަށް އޮފިޝަލުން ފާހަގަކޮށްފައިވެއެވެ.
ބޯޓު އޮތް ސަރަހައްދުން ވަނީ ކުރީ ޒަމާނުގެ ރުނަބާތަކާއި ޖަގާއި އެކިބާވަތްތަކުގެ ކަންވާރު ފެނިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ