މާފުށީ ޖަލަށް ފޯނު ވެއްދުން ހުއްޓުވުމަށް އެ ތަނުގައި ދެ މެޓަލް ޑިޓެކްޓަރު ހަރުކޮށްފިއެވެ.
ޕީއެސްއެމް އަށް ދެއްވި އިންޓަވިޔުއެއްގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ މާފުށި ޖަލުގައި މިދިޔަ ހަފުތާގައި ދެ މެޓަލް ޑިޓެކްޓަރު ހަރުކޮށްފައިވާ ކަމަށާއި ވަރަށް އަވަހަށް ބޮޑީ ސްކޭން މެޝިނެއް ބެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މީހުންނަށް ގެއްލުން ދިނުމާއި ލަނޑު ދިނުމަށް ކުރަމުންދާ ސްކޭމް ކޯލްތައް އެންމެ ގިނައިން ކުރަނީ ޖަލުން ކަމަށާއި މާފުށި ޖަލުގެ ކޮންމެ ގޮޅިއެއްގައިހެން މަސްތުވާތަކެތި ގެންގުޅޭ ކަމަށެވެ.
"ހިތާމަވެރި ހަގީގަތަކީ ޖަލުތެރޭގެ ހަމަ ކޮންމެ ގޮޅިއަކުން އެވްރެޖުކޮށް ފޯނާއި އެއްޗެހި ފެންނަމުންދޭ. މަސްތުވާތަކެތި އެބަފެނޭ. އަޅުގަނޑުމެން އެއަށް އަޅަންޖެހޭ ފިޔަވަޅުތައް ޖަލުން ދަނީ އަޅަންމުން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ސްކޭމް ކޯލްތައް ހުއްޓުވުމަށް ބޭންކް އޮފް މޯލްޑިވްސް އާއި ފުލުހުންނާ ގުޅިގެން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
"އެޕޯޝަން ހައްލުވީމަ ދެން މިއޮތީ ސޮސައިޓީ ތެރޭގައި ތިބި ސްކޭމް ކޯލްތައް ކުރާ މީހުން. އެކަމުގައި ބޭންކާ އެކުގައި ވަރަށް ރަނގަޅު އެގްރިމަންޓެއް ހަދައިގެން އަޅުގަނޑުމެން ފުލުހުން އެދަނީ މަސައްކަތް ކުރަމުން،" މިނިސްޓަރު ވިދާޅުވިއެވެ.
ސްކޭމް ކޯލްތަކުން ގިނަ އަދަދެއްގެ ފައިސާ ވަނީ އެތައް ބައެއްގެ އަތުން ފޭރިގެންފައެވެ. އެފަދަ ބައެއް ފައިސާ ފުލުހުން އަނބުރާ ހޯދައިފައިވެސް ވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު