ވިއްސާރަ މޫސުމުގައި މާލޭގައި ފެންބޮޑުވާ މަގުތައް މާލެ ސިޓީކައުންސިލުން އަލުން މަރާމާތުކުރަން ފަށައިފިއެވެ.

މާލެ ސިޓީކައުންސިލުގެ މޭޔަރު، އާދަމް އާޒިމްގެ ސޯޝަލް މީޑިއާގައި އިއްޔެ ވިދާޅުވީ މ. އިއްޒުއްދީންމަގު (ފަލާހުޕުރީސްކޫލް) ކުރިމަތީ މަގުމަރާމަރާމަާތު ކުރުމަށް ރޫޅަލަމުންގެންދާ ކަމަށެވެ.

"މި މަގަކީ ފެންހިނދުން ލަސްމަގެއް. ހަދައި ނިމުމުން މިކަމަށް ހައްލެއް ލިބި ހިނގާ މީހުނަށާއި ސްކޫލް ކުދީންނަށް ވަމުންދާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ. މިގޮތަށް ފެން ހެދޭ މަގުތައް ރަނގަޅުކުރުން ކުރިޔަށް އޮތްދުވަސްތަކުގައި ކުރިޔަށްދާނެ" މޭޔަރު ވިދާޅުވިއެވެ.

މި ފަހުން ރާއްޖެއަށް ކުރި މޫސުމީ ވިއްސާރައިގައި މާލޭގެ އެކި ސަރަހައްދުގެ ގިނަ ގެތަކަކަށް ފެން ވަދެ ގޭތެރޭގެ ހަރުމުދާތަކަށް ވަނީ ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތަކެއްވެ، އެ ތަކެތި އަލުން އާ ކުރަން ޖެހިފައެވެ.