އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ރައީސް ޑރ. މުހައްމަދު މުއިއްޒަށާއި ދިވެހި ރައްޔިތުންނަށް އަލްހާ އީދުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން މިއަދު ބުނީ މިއަދު ފާހަގަކުރާ ބޮޑު އީދު ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ، މޯދީގެ ފަރާތުން ދިވެހި ސަރުކާރަށާއި ދިވެހި ރައްޔިތުންނަށާއި އަދި ރައީސް މުއިއްޒަށް ފޮނުއްވާފައިވާ ކަމަށެވެ.

"ބޮޑުވަޒީރު މޯދީގެ މެސެޖުގައި، މިއަދު މި ފާހަގަކުރާ އުފާވެރި އީދު ދުވަހުން ހަނދާނަށް ގެނެސްދެނީ އަޅުގަނޑުމެން އެންމެން އުއްމީދުކުރާ ސުލްހަވެރި އަދި އެންމެހާ ފަރާތްތަކެއް ހިމެނޭ ދުނިޔެއެއް ބިނާކުރުމުގައި ބޭނުންތެރި، އެކުވެރިކަމާއި އެއްބައިވަންތަކެމެވެ،" އިންޑިއާގެ ހައި-ކޮމިޝަނުން ބުންޏެވެ.

އީދު ދުވަހަކީ އިންޑިއާއި ރާއްޖެއާ ދެމެދު އޮތް މަލްޓި ކަލްޗުރަލް ހެރިޓޭޖުގެ ތެރެއިން ފޯރިއާއި އުފާވެރިކަމާއެކު ފާހަގަކުރާ ދުވަހެއް ކަމަށްވެސް ހައި-ކޮމިޝަނުން ބުންޏެވެ.