ހަމާސް އިން ދިން ވަރުގަދަ ހަމަލާއެއްގައި އިޒްރޭލް ސިފައިންގެ އަށް މީހަކު އިއްޔެ މަރާލައިފިއެވެ.
ގާޒާގެ ދެކުނު ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ އިޒްރޭލުގެ އަސްކަރީ ވެހިކަލެއް ގޮއްވާލައިގެން ދިން އެ ހަމަލާއަކީ އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނާ ގޮތުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ފެށި ހަނގުރާމައިގައި އިޒްރޭލުގެ ސިފައިނަށް އަމާޒުކޮށް ދިން އެންމެ ނުރައްކާތެރި ހަމަލައެވެ. އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ބެލުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް ބުންޏެވެ.
އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނާ ގޮތުގައި، އެ ހާދިސާ ވެހިކަލް ގޮވީ ދިން ހަމަލާގެ ސަބަބުން އޭގެ ތެރޭގައި ހުރި ގޮވާތަކެތި ގޮވައިގެން ކަމަށެވެ. އަދި ވެހިކަލް ގޮވިލެއް ބާރުގަދަ ކަމުން މަރުވި މީހުން ވަކިނުވާވަރު ވެފައިވާ ކަމަށްވެސް ބުންޏެވެ.
ހަމާސްގެ އަލް ގައްސާމް ބްރިގޭޑްސް އިން ވަނީ އިސްރާއީލުގެ ވެހިކަލްތަކަށް އަމާޒުކޮށް ހަމަލާ ދިން ކަމަށް ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ