ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި 15 މައުޟޫއަކާ ބެހޭ 213 ބިލު ހިމެނޭ ކަމަށާއި އޭގެ ތެރެއިން 78 ބިލަކީ މުޅިން އާ ބިލުތަކެއް ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ބުނެފިއެވެ.

އެޓާނީ ޖެނެރަލް އޮފީހުން މިއަދު ބުނީ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ ބިލުތައް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަމުންގެންދާނީ ކޮންމެ އަހަރެއްގެ މަޖިލީހުގެ ތިން ދައުރަށް ބިނާކޮށް ކަމަށެވެ. އެފަދައިން ބިލުތައް ހުށަހަޅާއިރު ހާލަތަށާއި ބޭނުމަށް ރިއާޔަތްކުރަން ޖެހޭނެތީ މަދުވެގެން އަހަރަކު އެއްފަހަރު ލެޖިސްލޭޓިވް އެޖެންޑާ މުރާޖައާ ކުރާނެ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

ލެޖިސްލޭޓިވް އެޖެންޑާއަށް ގެންނަންޖެހޭ އުނިއިތުރުތަކާއެކު، ކޮންމެ އަހަރެއްގެ މަޖިލީހުގެ ތިން ދައުރަށް ބިނާކޮށް ވަކިވަކި ލެޖިސްލޭޓިވް އެޖެންޑާ ކަނޑައެޅިގެންދާނެ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ ބައެއް މުހިންމު ބިލުތަކުގެ ތެރޭގައި ގާނޫނުއަސާސިއަށް އިސްލާހު ގެނައުމުގެ ބިލާއި، ހެއްކާބެހޭ ގާނޫނަށް ހުށަހަޅާ އިސްލާހު، މަދަނީ އިޖުރާއަތުގެ ގާނޫނަށް ހުށަހަޅާ އިސްލާހު، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހުށަހަޅާ އިސްލާހު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމުންގެ ވޯޓު ނެގުމުގެ ބިލު ހިމެނެއެވެ.

މީގެ އިތުރުން އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު، ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު، ސިވިލް ސާވިސް ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާ ބިލު، މީހުން ސްމަގްލްކުރުން ހުއްޓުވުމުގެ ބިލު އަދި ސައިބާ ސެކިއުރެޓީއާ ބެހޭ ބިލު ހިމެނެއެވެ.

ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމެންޓް އޮފް ދަ ކްރައިމް އޮފް ޖެނެސައިޑާ ގުޅޭ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)، އިންޓަނޭޝަނަލް ކޮންވެންޝަން ފޯ ދަ ޕްރޮޓެކްޝަން އޮފް އޯލް ފާސަންސް ފްރޮމް އެންފޯސްޑް ޑިސަޕިއަރެންސްއާ ގުޅޭ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު) އަދި ބޯހިޔާވަހިކަމާ ބެހޭ ބިލުގެ އިތުރުން މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ބިލާއި ފޮރިން އިންވެސްޓްމަންޓް ބިލު ވެސް ހިމެނެއެވެ.

  • ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ވައުދުތަކާ ގުޅިގެން އެކުލަވާލަންޖެހޭ ބިލުތައް
  • ގާނޫނުއަސާސީގެ ދަށުން އެކުލަވާލަންޖެހޭ ބިލުތަކާއި ގާނޫނުއަސާސިއާ ތައާރަޒުވުމުގެ ސަބަބުން އިސްލާހު ގެންނަންޖެހޭ ނުވަތަ އުވާލަންޖެހޭ ގާނުނުތަކާ ގުޅޭ ބިލުތައް
  • ދައުލަތުގެ އިދާރާތަކުގެ މަސައްކަތްތައް ހިންގުމުގައި ގާނޫނެއް ހެދިފައި ނެތް، އެހެންނަމަވެސް ގާނޫނަކުން ކޮންމެހެން ބާރު ލިބިދޭންޖެހޭ ކަންކަމާ ގުޅޭ ބިލުތައް
  • މިހާރު އަމަލުކުރަމުންދާ ގާނޫނުތަކުގެ ތެރެއިން، ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި އިސްލާހު ގެންނަންޖެހޭ ގާނޫނުތަކާ ގުޅޭ ބިލުތައް
  • ޒަމާނާ ނުގުޅޭތީ އިސްލާހު ގެންނަންޖެހޭ ނުވަތަ އުވާލަންޖެހޭ ގާނުނުތަކާ ގުޅޭގޮތުން އެކުލަވާލަން ޖެހޭ ބިލުތައް
  • ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކަށް ދިވެހިރާއްޖޭގައި އަމަލުކުރުމަށްޓަކައި އެކުލަވާލަންޖެހޭ ގާނުނުތަކާގުޅޭ ބިލުތައް
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސިއަށް އިސްލާހު ގެނައުމުގެ ބިލު
  • ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • ހެއްކާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • މަދަނީ އިޖުރާއަތުގެ ގާނޫނަށް އިސްލާހުގެ ގެނައުމުގެ ބިލު
  • އެންޓި-ޑިފެކްޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމުންގެ ވޯޓު ނެގުމުގެ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މުސާރައާއި އެހެނިހެން އިނާޔަތްތައް ކަނޑައެޅުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • އެޓާނީ ޖެނެރަލް އޮފީހުގެ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • ދިވެހި ސިވިލް ސާވިސްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ހިޔުމަން ރައިޓްސް ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • އިލެކްޝަންސް ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ވެރިކަން ބަދަލުވުމުގެ މަރުހަލާއާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • ނޫސްވެރިކަމުގެ މިނިވަންކަމުގެ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • ބްރޯޑްކާސްޓްކުރުމުގެ ގާާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • މޯލްޑިވްސް މީޑިއާ ކައުންސިލުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ސިޔާސީ ޕާޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ޒަކާތުގެ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • ވަގްފްބެހޭ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • ހައްޖާއި އުމްރާގެ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ދިވެހިރާއްޖޭގެ ގައުމީ ބަހަށް އިސްކަންދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ގައުމީ ރަމްޒުތަކާބެހޭ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ދިވެހި ގައުމީ ތަރިކަ ދިރުވައި ދެމެހެއްޓުމާގުޅޭ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ސިފައިންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ގައުމީ ސަލާމަތުގެ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ސައިބާ ސެކިއުރޭޓީއާބެހޭ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • އެވިއޭޝަން ސެކިއުރެޓީގެ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ހާދިސާތަކުގައި ހާލުގައިޖެހޭ މީހުން ހޯދުމާއި ސަލާމަތްކުރުމާގުޅޭ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • އަލިފާނުން ރައްކާތެރިވުމުގެ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • ހައިޑްރޮގްރަފިކް ސާވޭކުރުމާގުޅޭ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • ޑިޕްލޮމެޓިކް އިމްތިޔާޒުގެ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • ދިވެހިރާއްޖޭގެ ފޮރިން ސާވިސްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ދިވެހިރާއްޖޭގެ ސިޓިޒެންޝިޕް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • އެސްޓް ރިކަވަރީއާބެހޭ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • އެންޓި- ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • މާލީ މަސްލަހަތުތައް ހާމަކުރުމުގެ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު
  • މަސްތުވާތަކެއްޗާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ގޭންގު ކުށްތައް މަނާކުރުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • މަނީ ލޯންޑަރިން އަދި ޓެރަރިޒަމް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • އެންޓި ޓޯޗާ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ޖިންސީ ކުށުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ކުޑަކުދިންގެ އަދަލުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • މީހުން ސްމަގްލްކުރުން ހުއްޓުވުމުގެ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމެންޓް އޮފް ދަ ކްރައިމް އޮފް ޖެނެސައިޑާގުޅޭ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • އިންޓަނޭޝަނަލް ކޮންވެންޝަން ފޯ ދަ ޕްރޮޓެކްޝަން އޮފް އޯލް ފާސަންސް ފްރޮމް އެންފޯސްޑް ޑިސަޕިއަރެންސްއާގުޅޭ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • ބޯހިޔާވަހިކަމުގެ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • އާއިލާއާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ދޮށީ އުމުރުގެ މީހުންގެ ހައްގުތަކުގެ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • އިޖުތިމާއީ މަސައްކަތްތެރިންގެ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ޖެންޑާ އިކުއަލިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • އިޖުތިމާއީ ރައްކާތެރިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ފަންނުވެރިންނާއި ޒުވާނުން ބިނާކުރުމާއި ހުނަރުވެރިކަމުގެ ބިލު
  • ޖަމްއިއްޔާތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ގައުމީ ކުތުބުހާނާގެ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ޖަނަވާރުންގެ ސިއްހަތާބެހޭ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • ސިވިލް ރަޖިސްޓްރޭޝަންއާ ބެހޭ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • އުފަންވުމާއި މަރުވުން ރަޖިސްޓްރީ ކުރުމާއި، އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ނޭޝަނަލް ޑިޖިޓަލް އައިޑެންޓިފިކޭޝަން ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • ޑޭޓާ ޕްރޮޓެކްޝަން ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ނަފްސާނީ ސިއްހަތުގެ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • މެޑިކަލް ނެގްލިޖެންސާބެހޭ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • ބޭހުގެ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި ވިއްކުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • އޯގަން ޓްރާސްޕްލާންޓާގުޅޭ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ފިޓްނެސްއާބެހޭ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ދިވެހިރާއްޖޭގެ ތިމާވެށީގެ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • ކްލައިމެޓް އިމެޖެންސީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ފެނާއި ނަރުދަމާގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ދިވެހިރާއްޖޭގެ ހަކަތައިގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ގަލާ ވެއްޔާއި އަކިރި ނެގުބާބެހޭ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • ނަގޯޔާ ޕްރޮޓެކްޝަން އޮން އެކްސެސް އެންޑް ބެނެފިޓް ޝެއަރިންއާބެހޭ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • ކާޓެހެނާ ޕްރޮޓޮކޯލް އޮން ބަޔޯސޭފްޓީއާ ބެހޭ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • އޯޒަން ފަށަލަ ހިމާޔަތްކުރުމަށް ފިޔަވަޅު އެޅުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ނުރައްކާތެރި ކެމިކަލްއާ ބެހޭ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު
  • މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • ފޮރިން އިންވެސްޓްމަންޓް ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ދަތުރު ރާވައި ހިންގުމުގެ ހިދުމަތް ދިނުމާބެހޭ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ދިވެހިރާއްޖޭގެ ފަޅުރަށްރަށާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ދަނޑުވެރިކަމާބެހޭ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • ދިވެހިރާއްޖޭގެ އެކްސްޕޯޓު އިމްޕޯޓު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • އާބިޓްރޭޝަނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • މީޑިއޭޝަނާ ބެހޭ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ޕާޓްނާޝިޕްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ކޮންޓްރެކްޓާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ޓްރޭޑްމާކާ ގުޅޭ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • ޕޭޓަންޓާ ގުޅޭ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • ޖިއޮގްރަފިކަލް އިންޑިކޭޝަންގެ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • އިންޑަސްޓްރިއަލް ޑިޒައިންގެ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • އިންސޮލްވަންސީއާ ގުޅޭ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • ސްޓޭންޑަޑްސް އެންޑް މެޓްރޮލޮޖީއާ ގުޅޭ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • ޑިއުޓީ ހިލޭ ފިހާރަ ހިންގުމާ ބެހޭ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • ސޮވްރިން ޑިވަލޮޕްމަންޓް ފަންޑުގެ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • ދައުލަތުގެ ދަރަނީގެ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • ދައުލަތުގެ މާލިއްޔަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
  • އިންޝުއަރެންސާބެހޭ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • ދިވެހިރާއްޖޭގެ ބޭންކިންއާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ކްރެޑިޓް އިންފޮމޭޝަން ސިސްޓަމްގެ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • ޓްރަސްޓާބެހޭ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާގުޅޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • އިލެކްޓްރޯނިކް ޓްރާންސްފެރަބަލް ރެކޯޑާބެހޭ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ކަލެކްޓިވް އިންވެސްޓްމަންޓް ސްކީމްގެ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • ސެކިއުރިޓީޒް ޑިޕޮޒިޓަރީއާބެހޭ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • ބިމުގެ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • ރަހުނާބެހޭ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • ސެކިޔޯޑް ޓްރާންސެކްޝަންގެ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • އެކްސްޕްރޮޕްރިއޭޝަންގެ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • ދޫކޮށްލާފައިވާ މުދަލާމެދު އަމަލުކުރާނެ ގޮތުގެ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • ބިނާވެށި ޕްލޭންކުރުމާއި ތަރައްގީކުރުމާއި ހިންގުމުގެ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • އާބަން ޕްލޭނިން އަދި އާބަން ޑިވެލޮޕްމަންޓްގެ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • ނޭޝަނަލް ޕްލޭނިންއާގުޅޭ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • އިމާރާތްކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • އިންފްރާސްޓްރަކްޗާ މެއިންޓެނަންސް އަދި މެނޭޖްމަންޓް ގެ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ޕޯޓްތައް މެނޭޖްކުރުމުގެ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • މާޗަންޓް ޝިޕިންގެ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ވައިގެމަގުން ދަތުރުކުރާ ފަސެންޖަރުންގެ ހައްގުތައް ރައްކާތެރިކުރުމުގެ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • އިންޓަނޭޝަނަލް ކޮންވެންޝަން އޮން ސިވިލް ލަޔަބިލިޓީ ފޯ އޮއިލް ޕޮލިއުޝަން ޑެމޭޖްއާގުޅޭ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • އިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ތައުލީމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • އޮފިޝަލް ކަންތައް ޗެޕްޓާ 1 އަށް އިސްލާހު ގެނައުމުގެ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • އޮފިޝަލް ކަންތައް ޗެޕްޓާ 2 އަށް އިސްލާހު ގެނައުމުގެ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • އާންމު ގާނޫނުތަކެއް އުވާލުމުގެ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • މިލްކުވެރިކަން ބަދަލުކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ސަރުކާރުގެ އެންގުމަކަށް ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ގެންދަންޖެހޭ މީހުން ގެނެސް ގެންދިއުމުގެ ގާނޫނު އުވާލުމުގެ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • ސަރުކާރަށް ނުވަތަ ސަރުކާރާ ބެހޭ ފަރާތަކަށް ދަރަނީގެ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ދައްކަންޖެހޭ ފައިސާ އަތުލުމާ ބެހޭ ގާނޫނު އުވާލުމުގެ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • ސަރުކާރުގައި ރަޖިސްޓަރީކޮށްފައި ހުންނަ މީހުންގެ އަމިއްލަ ތަކެތި ދީ ނުވަތަ ވިއްކުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ސަރުކާރުގެ މަދަރުސާތަކުގައި ކިޔަވާ ކުދިންނާއި ސަރުކާރުން އެހީވެދޭ އަމިއްލަ މަދަރު ސާތަކުގައި ކިޔަވާ ކުދިންނާއ،ި ސަރުކާރުގެ ފަރާތުން ތަމްރީނުދެވޭ މީހުން ސަރުކާރަށް ހިދުމަތްކުރުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ރާއްޖޭން ބޭރަށްދާ ދިވެހިންނާބެހޭ ގާނޫނު އުވާލުމުގެ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • ރައްޔިތުންގެ މަޖިލީހަށް ދައުލަތުގެ ފަރާތުން ބިލް ހުށަހެޅުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ޖަމާއަތްތެރިކަމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ދިވެހިރާއްޖޭގެ ރަށެއްގެ ރަށްވެއްސަކަށް ވުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ކާނިވަލް، ފަންފެއާ ފަދަ ތަންތަން ހެދުމުގެ ގާނޫނު އުވާލުމުގެ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • މާލޭގެ ގޯތިގޯއްޗާއި ބިންބިމުގެ އިން ވަކިކުރުމާއި އިމުގައި ނުވަތަ އިމާ ކައިރީގައި އިމާރާތްކޮށް ތަންތަން ހެދުމާއ،ި މަގަށް ދޮރު ކެނޑުމާބެހޭ ގާނޫނު އުވާލުމުގެ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • ރާއްޖޭގެ ބަނދަރުތަކުގައި ހުންނަ ފުރާ ދުއްވާ އެއްޗެހީގައި ބޭރަށް ފެންނަހެން އަލި ބެހެއްޓުމުގެ ގާނޫނު އުވާލުމުގެ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • މާލޭގެ ދޯނި އެހިލާ ތަންތަނަށް އެހިލާ އުޅަނދުތަކާބެހޭ ގާނޫނު އުވާލުމުގެ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ދިވެހިރާއްޖޭގައި ބަނދަރުކުލި ނެގުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • މަގުމަތީގައި ހިނގާ އުޅުމާބެހޭ ގާނޫނު އުވާލުމުގެ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • ދިވެހިބޭސްކުރުމާއި ފަންޑިތަހެދުމާއި ހިތާނުކުރުމާއި އަދި ފޫޅުމާކަންކުރުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ޕޯޓް ހެލްތާބެހޭ ގާނޫނަށް އިސްލާހުގެނައުމުގެ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • ބައެއް ފަރާތްފަރާތުގެ ޑިއުޓީއާއި މައްމޫލު މައާފުކުރުމުގެ ހައްގު ދައުލަތަށް ލިބުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ސަރުކާރުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ކަނޑައެޅުމުގެ ގާނޫނު އުވާލުމުގެ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)
  • ލަނގުވާ ތަކެއްޗާއި ހޮވާ ތަކެއްޗާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • މީހުން އުޅޭ ރަށްރަށުގެ ރުށްގަހާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ވަޒީރުންނާ ސުވާލުކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު