މާލޭ ސިޓީ ކައުންސިލާ ގުޅިގެން މާލެ އާއި ވިލިމާލޭގައި ބޮޑު އީދު ހަރަކާތްތައް ބާއްވަން ދިރާގުން އެއްބަސްވެއްޖެއެވެ.
ދިރާގުން މިއަދު ބުނީ އެ ޕާޓްނާޝިޕްގެ ދަށުން ދިރާގުން އީދު ބޮނޑިބަތް ބަހައި، ކުޑަކުދިންގެ ހަވީރެއް ބާއްވާނެ ކަމަށެވެ.
ދިރާގު އީދު ބޮނޑިބަތް ބަހަން ނިންމާފައިވަނީ އީދު ނަމާދަށްފަހު ވިލިމާލެއާއި މާލޭގެ އާޓިފިޝަލް ބީޗުގައެވެ. މިއީ ވިލިމާލޭގައި ދިރާގު އީދު ބޮނޑުބަތް ބަހާނެ ފުރަތަމަ ފަހަރެވެ. އީދު ދުވަހުގެ ހަވީރު އާޓިފިޝަލް ބީޗުގައި ބާއްވާ ކުޑަކުދިންގެ ހަވީރު ކުރިއަށްދާނީ އާކިމިޑީސްއާ ގުޅިގެންނެވެ.
ދިރާގުން ބުނީ، އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރާނީ ރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކުގެ ދިރިއުޅުން މުއްސަނދިވާފަދަ އެކި ކަހަލަ ތަފާތު ސަގާފީ އަދި އިޖުތިމާއީ ހަރަކާތްތަކަށް އެހީތެރިވެ އެއްބާރުލުން ދިނުމަށް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު