ކުވައިތުގައި މަސައްކަތްކުރާ ބޭރުގައުމުތަކުގެ މީހުން ދިރިއުޅޭ އިމާރާތެއްގައި ރޯވެ 49 މީހުން މަރުވެއްޖެއެވެ.
ކުވައިތުގައި އެގައުމުން ބޭރު މަސައްކަތު މީހުން ދިރިއުޅޭ އެގޭގައި ރޯވި އަލިފާނުގައި 49 މީހުން މަރުވެފައިވާ އިރު، 11 މީހަކަށް އަނިޔާވެގެން ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށް އޮފިޝަލުން ބުންޏެވެ.
ކުވައިތުގެ ފުލުހުން ވަނީ އެއިމާރާތުގައި ރޯވެފައިވަނީ ކައްކާ ގޭސް ލީކުވެގެން ކަމަށް ބެލެވޭ ކަމަށް ބުނެފައެވެ. އަދި އިމާރާތުގެ އެންމެ ތިރީ ފަންގިފިލާގައި ފުރަތަމަ ރޯވެ އަލިފާންގަނޑު ފެތުރިގެން ދިޔަ ކަމަށް ފުލުހުންގެ އޮފިޝަލުން ބުންޏެވެ.
ގިނަ މީހުން މަރުވެފައިވަނީ ދުމުގެ އަސަރުކޮށްގެން ކަމަށް އޮފިޝަލުން ބުނާ އިރު، އެ ހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން ބައެއް މީހުންގެ ހާލު ދެރަ ކަމަށާއި މަރުވި މީހުންގެ އަދަދު އިތުރުވެދާނެ ކަމަށް ބެލެވޭ ކަމަށްވެސް އޮފިޝަލުން ބުނެއެވެ.
އެއިމާރާތުގައި ހަ ފަންގި ފިލާ ހުންނަ އިރު، އަލިފާން ނިއްވުމުގައި ގިނަ އުނދަގޫތަކެއް ހުރި ކަމަށް ކުވައިތުގެ ފަޔާ ޑިޕާޓްމަންޓުން ބުނެފައިވެއެވެ.
މަރުވި މީހުންގެ ތެރެއިން ގިނައީ އިންޑިއާ މީހުން ކަމަށް އޮފިޝަލުން ބުންޏެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ