ގައިން ގަޔަށް އަރާ ބަލިތައް ކަމަށްވާ ޑެންގީ އާއި ޗިކުންގުންޔާ މި ދުވަސްވަރު ފެތުރެމުންދާތީ ކުރިޔަށް އޮތް ޗުއްޓީ ދުވަސްތައް ހޭދަ ކުރާ އިރު، އެކަމަށް ސަމާލުމަށް ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.
އެޗްޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ މި ދުވަސްވަރުގައި ޑެންގީ، ޗިކުންގުންޔާ އާއި ބޭރަށް ހިންގުން އަދި އިންފްލުއެންޒާ ފަދަ އަރިދަފުސް ރޯގާތައް އިތުރުވަމުން އަންނަ ކަމަށެވެ.
އެހެންކަމުން ގައިންގަޔަށް އަރާ ބަލިތައް ފެތުރުން ކުޑަ ކުރުމަށް ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅަންޖެހޭ ކަމަށް އެޗްޕީއޭން ބުންޏެވެ.
- އަރިދަފުސް ރޯގާޖެހި ރަނގަޅުނުވެ ދިގުލައިގެންދާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން
- އަރިދަފުސް ރޯގާގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުކުންނަ އިރު އަނގަ އާއި ނޭފަތް ނިވާ ވާނެހެން ރަނގަޅަށް މާސްކް އެޅުން
- ސައިބޯނިލައިގެން ރަނގަޅަށް އަތް ދޮވުން ނުވަތަ ސެނިޓައިޒާ ބޭނުން ކޮށްގެން އަތް ސާފުކުރުން
- ބަލި ޖެހުމުން، ނުރައްކަލުގެ ފުރުސަތު ބޮޑު މީހުން އިންފުލެއެންޒާ އަދި ކޮވިޑް ވެކްސިން ޑޯޒްތައް ފުރިހަމަ ކުރުން
- ބަލިވެގެން ޑޮކްޓަރަށް ދައްކާއިރު ބަލިމީހާ އާއެކު ވީހާވެސް މަދު މީހުން ދިއުން، އަދި ބަލި މީހުންނަށް ޒިޔާރަތް ކުރުމަށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު މީހުން ނުދިއުން އަދި ކޮންމެހެން ހޮސްޕިޓަލަށް ދާންޖެހޭ ހާލަތެއްގައި މެނުނީ ހޮސްޕިޓަލަށް ނުދިއުން
- ކެއުމުގެ ކުރިން އަދި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ސައިބޯނިލައިގެން ރަނގަޅަށް އޮތްދޮވުން
- ފާހާނާ ކުރުމަށްފަހު އަދި ނެޕީ ބަދަލުކުރުމަށްފަހު ސައިބޯނިލައިގެން އަތްދޮވުން
- ކާބޯތަކެތި ރަނގަޅަަށް ކައްކައިގެން ބޭނުންކުރުމާއި ރޯ ތަރުކާރީ އާއި މޭވާ ރަނގަޅަށް ދޮވެގެން ބޭނުން ކުރުން
- ގޭގައި ކާބޯތަކެތި ރައްކާކުރާ އިރު ރައްކާކުރާ ތަނަކީ ސާފު ތާހިރު ތަނެއްތޯ ބެއްލުމާއި ކާބޯތަކެތި ތައްޔާރު ކުރާ ތަންތަނާއި ތަކެތި ރަނގަޅަށް ދޮވެ ސާފުކުރުން
- ކާބޯތަކެއްޗަށް ދިރޭ ސޫފާސޫތްޕަށް ނޭރެވޭނެހެން މަތިޖަހާފައި ބެހެއްޓުން އަދި ކެއުމުގައި ވީހާވެސް ތާޒާ ކާނާ ބޭނުންކުރުމާއި ކާބޯތަކެތި ހަލާކު ނުވާނެހެން ރައްކާކުރުން
- ކެއްކުމަށާއި ފެން ބުއިމަށް ފުޅީގައި ބަންދުކޮށްފައިވާ ފެން ނުވަތަ ކޮލޮރިނޭޓްކޮށްފައިވާ ފެން ނުވަތަ ވޯޓާ ސަޕްލައި ފެން ނުވަތަ ފެން ކައްކާއިގެން ބޭނުން ކުރުން
- ތަނުގައި އުފެދޭ ކުނި ރައްކާކުރުމުގައި އެކަށީގެންވާ ސައިޒުގެ މަތިޖެހޭ ޑަސްބިނެއް ބޭނުން ކުރުމާއި ވީހާވެސް އަވަހަށް ކުނި އުކާލުން
- ބޭރަށް ހިންގުމުގެ އަލާމަތެއް ފެނިއްޖެނަމަ ކުދިން ސްކޫލަށް ނުގެންދިއުން
- ގިނިގިނައިން ލޮނުޕެކެޓް (އޯއާރްއެސް)، ފެން އަދި ސޫޕް، ކުރުނބާ ފެންފަދަ ދިޔާތަކެތި ބޭނުންކުރުމާއި ތުއްތު ކުދިންނަށް ގާތުން ކިރުދިނުން ކުރިއަށް ގެންދިޔުން
- ބޭރަށް ހިންގުމުގެ އިތުރުން އާދަޔާ ހިލާފަށް ކަރުހިއްކުމާ އެކު ބޮލަށް އެނބުރުން އެރުން، މާބޮޑަށް ވަރުދެރަވުން، ކުޑަކަމުދާ މިންވަރު މަދުވުން، ގިނަގިނައިން ހޮޑުލެވުން އަދި ލެވޭހޮޑުގައި ލޭގެ އަސަރު ހުރުން، ބޮޑުކަމުދާތަކެތީގައި ލޭގެ އަސަރު ހުރުން އަދި އާދަޔާ ހިލާފަށް ބަނޑުގައި ރިއްސާ ނަމަ އަވަހަށް ޑޮކްޓަރަށް ދެއްކުން
- ބޭރަށް ހިންގުމުގެ އަލާމާތްތައް ނުފެންނަތާ 2 ދުވަސް ވަންދެން، މަސައްކަތަށް ނުނުކުމެ ގޭގައި އަރާމު ކުރުން
- އާންމުން އެއްވެ އުޅޭ ސަރަހައްދުތަކަށް ނުކުމެ އުޅުން މަދުކުރުން
- މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ރަނގަޅަށް ނިވައިވާ ގޮތަށް ހެދުން އެޅުމާއި މަދިރި ލޯޝަން، ސްޕްރޭ އަދި މޮސްކިޓޯ ރެޕްލެންޓް ބޭނުން ކުރުން
- ފަތިސް ގަޑީގައި އަދި ހަވީރު އިރު އޮއްސޭ ވަގުތު ގޭގެ ދޮރުތަކާއި ކުޑަ ދޮރުތައް ލައްޕާފައި ބެހެއްޓުން؛ މިއީ މަދިރި އެންމެ ގިނަ ވަގުތު
- ހުސް ފުޅި/ދަޅު ފެން ހަރުލާ ތަކެތި ގޯތިތެރެއާއި މަގުމައްޗަށް އުކާނުލުން، މިފަދަ ތަކެތީގައި ފެން ހަރުލުމުން ޑެންގީ ފަތުރާ މަދިރި އާލާވުމަށް މަގުފަހިވޭ
- އަރާމު ކުރުން؛ މީގެ ސަބަބުން ބަލި ފަސޭހަވުން އަވަސްވުމާއެކު ބަލި ފެތުރެމުންވެސް ރައްކާތެރި ކޮށްދޭ
- ގިނަގިނައިން ދިޔާ އެއްޗެހި ބޭނުންކުރުން؛ ފައިދާހުރި ދިޔާތަކެތީގެ ތެރޭގައި ކުރުބާފެން، ލޮނުޕެކްޓް، ސޫޕް ފަތަ ތަކެތި ހިމެނޭ
- ހުން މަޑު ކުރުމާއި ގައިގައި ރިއްސުމާއި ހުޅުހުޅުގައި ރިއްސުމަށް ޕްރެސްޓްމޯލް ބޭނުން ކުރެވިދާނެ، ތިން ދުވަހަށް ވުރެ އިތުރަށް ހުން އަންނަ ނަމަ، ނުވަތަ ދިޔާއެއްޗެތި ބޭނުން ނުކުރެވޭނަމަ، ނުވަތަ މާ ބޮޑަށް ވަރު ދެރަވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު