ހިޒްބުﷲ އިން އިޒްރޭލުގެ އުތުރަށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.
އިޒްރޭލާއި ލުބުނާން ގުޅޭ ބޯޑަރު ސަރަހައްދުގައި ދެބައި މީހުންގެ ހަމަލާތައް ބަދަލުކުރަން ފަށާފައިވާ އިރު، ބުދަ ދުވަހު ހިޒްބުﷲ އިން އިޒްރޭލުގެ އުތުރަށް ޑްރޯން ބޭނުންކޮށްގެން ދިން ވަރުގަދަ ހަމަލާގައި އިޒްރޭލުގެ ހަތް މީހަކަށް އަނިޔާވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
އޮފިޝަލުން ވަނީ އަނިޔާވި އިޒްރޭލު މީހުންގެ ތެރެއިން އެކަކަށް ސީރިޔަށް އަނިޔާތަކެއް ލިބިފައިވާ ކަމަށާއި އޭނާގެ ހާލު ގޯސް ކަމަށް ބުނެފައެވެ.
ލުބުނާނުގެ ހިޒްބުﷲ އިން ހަމަލާ ދީފައިވަނީ ބޯޑަރާ ތިން ކިލޯމީޓަރު ދުރުގައި އޮންނަ ހުރްފީޝް ވިލޭޖަށް ކަމަށް އޮފިޝަލުން ބުނެއެވެ.
ހިޒްބުﷲ އިން އިޒްރޭލަށް ދެމުން އަންނަ ކުއްލި ހަމަލާތަކުގެ ސަބަބުން އިޒްރޭލަށް ބޮޑެތި ގެއްލުން ވަމުން އަންނަ ކަމަށް އޮފިޝަލުން ބުނެފައިވާ އިރު، ހިޒްބުﷲ އާއި އިޒްރޭލާ ދެމެދު އާ ހަނގުރާމައެއް ފަށައިފާނެ ކަމުގެ ބިރު ވަނީ އުފެދިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ