ޗައިނާގެ ޖައްވީ އުޅަނދު ހަނދަށް ކުރި ދަތުރު ނިންމާލައި ދުނިޔެއާ ދިމާލަށް މިސްރާބު ޖަހައިފިއެވެ.
މިދިޔަ މަހުގެ ތިން ވަނަ ދުވަހު ޗައިނާއިން ޖައްވަށް ފޮނުވާލި އުޅަނދުގައި ހިމެނޭ ހަނދުގެ ދިރާސާ ކުރާ ހާއްސަ އުޅަނދު ''ޗޭންޖް 6'' ހަނދުގެ ދެކުނު ތަނޑީގައި ކުރިޔަށް ގެންދިޔަ އޮޕަރޭޝަން ނިންމާލުމަށްފަހު ހަނދުން ފުރާފައިވަނީ އަންގާރަ ދުވަހު ޖީއެމްޓީ ގަޑިން 23:38 ގައި ކަމަށް ޗައިނާގެ ނެޝަނަލް ސްޕޭސް އެޑްމިނިސްޓްރޭޝަން އިން ބުނެއެވެ.
ޗައިނާގެ އޮފިޝަލުން ވަނީ ''ޗޭންޖް 6'' ހަނދުގެ އަނދިރި ފަރާތުގައި ހަރަކާތްތެރިވެ ހަނދުން ސާމްޕަލްތަކެއް ނަގާފައިވާ ކަމަށް ބުނެފައެވެ.
ސެޓަލައިޓް މެދުވެރިކޮށް ''ޗޭންޖް 6'' އާ ގުޅިފައިވާ ކަމަށް އޮފިޝަލުން ބުނެފައިވާ އިރު، ހަނދުގައި އެ އުޅަނދު ކުރި މަސައްކަތުން ދެ ކިލޯ ބަރުދަނުގައި ހުންނަ ވަރުގެ ސާމްޕަލް ދުނިޔެއަށް ގެންނާނެ ކަމަށްވެސް ބުނެފައިވެއެވެ.
''ޗޭންޖް 6'' ވަނީ ހަނދުން ހިލަ އާއި ވެލި އެއްކޮށް ފައި ކަމަށް އޮފިޝަލުން ބުނެއެވެ. ޗައިނާގެ ނެޝަނަލް ސްޕޭސް އެޑްމިނިސްޓްރޭޝަން އިން ވަނީ ސާމްޕަލް މެދުވެރިކޮށް ހަނދުގެ އަނދިރިފަރާތުގެ އާ މައުލޫމާތުތަކެއް ދިރާސާތަކުން ހޯދޭނެ ކަމަށް ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ