ހާފިޒުކަމުގެ އިމްތިހާނުގެ ކުރިން މުރާޖާކުރަން މާލެ އަންނަން ނުޖެހޭ ގޮތަށް "ހާފިޒުން އިމްތިހާނުކުރުމުގެ އުސޫލު" ބަދަލުކޮށްފިއެވެ.
ކުރިން އޮންނަ ގޮތުން ހާފިޒަކަށް ވުމަށް މުރާޖައާ ކުރަން ޖެހެނީ މާލެ އައިސް އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގާ ގުރުއާނާ ބެހޭ މަރުކަޒުން ކަނޑައަޅާ ކޮމެޓީއަށް ނުވަތަ މީހަކަށް ކިޔައިދީގެންނެވެ.
ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުން މިދިޔަ ބުދަ ދުވަހު ގެޒެޓުކޮށްފައިވާ ހާފިޒުން އިމްތިހާނުކުރުމުގެ އާ އުސޫލުގައިވާ ގޮތުގައި، ރަށްރަށުގައި ތިބެގެން ގުރުއާން ހިތުދަސް ކުރުމަށްފަހު ރަށުގައި ތިބެ މުރާޖައާ ކުރުމަށް ފަހު، މާލެ އަންނަން ޖެހޭނީ ހަމަ އެކަނި ޓެސްޓު ހެދުމަށެވެ.
އުސޫލުގައިވާ ގޮތުގައި، މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީ (އައިއޫއެމް) ގައި ގުރުއާން ހިތުދަސްކުރުމަށް ފަހު އެ ތަނުން ޓެސްޓު ހަދާ މީހުންނަށް އިތުރު ޓެސްޓެއްގައި ބައިވެރިވާން ނުޖެހި އެއީ ހާފިޒެއް ކަމުގައި ބަލައި ގަންނަން ޖެހޭނެއެވެ.
އާ އުސޫލުގައި ބުނެފައިވާ ގޮތުން ގުރުއާނާ ބެހޭ މަރުކަޒުގައި ރަޖިސްޓްރީކޮށްގެން ހިންގާ ގުރުއާން ހިތުދަސްކޮށްދޭ ކުލާހެއްގެ ދަރިވަރަކު ހާފިޒްކަމުގެ އިމްތިހާނު ކޮށްދިނުމަށް އެދި ގުރުއާނާ ބެހޭ ގައުމީ މަރުކަޒަށް ނުވަތަ ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން ކަނޑައަޅާފައިވާ ކޮމިޓީއަށް ހުށަހެޅުން އެ ދަރިވަރަކު އިމްތިހާނު ކޮށްދޭނެއެވެ.
މީގެ އިތުރުން އާ އުސޫލުގައިވާ ގޮތުގައި ހާފިޒުކަމުގެ އިމްތިހާނުން ދަރިވަރު ފާސްވެފައިވާނަމަ 30 ދުވަހުގެ ތެރޭގައި އެ ދަރިވަރެއްގެ ނަން ހާފިޒުންގެ ދަފުތަރުގައި ހިމަނައި ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން ރައީސުލްޖުމުހޫރިއްޔާގެ އޮފީހަށް އެކަން އަންގަން ޖެހޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު