ބުލީ ކުރުން ހުއްޓުވުމަށް ޗައިނާއިން އެގައުމުގެ ސްކޫލްތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރަން ނިންމައިފިއެވެ.
ޗައިނާ ސަރުކާރުން އިސްނަގައިގެން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ އެޕްރޮގްރާމުގައި ޗައިނާގެ ހުރިހާ ޕްރައިމަރީ ސްކޫލުތަކާއި ސެކަންޑްރީ ސްކޫލްތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް ވަނީ ނިންމައިފައެވެ.
ޗައިނާ ސަރުކާރުން ވަނީ ސްކޫލްތަކުގެ ކޮރިޑޯތަކާއި ސްޓޯ ރޫމްތަކުގެ އިތުރުން ޓެރަސްތަކުގައި ވެސް ކެމެރާ ހަރުކުރުމަށް ނިންމައިފައެވެ.
ޗައިނާގެ އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ ހުކުރު ދުވަހުން ފެށިގެން އެގައުމުގެ އެކި ކަންކޮޅުތަކުގައި "ފުލީ ވޮޗް އޯވާ" ނަމުގައި އެޕްރޮގްރާމް ފެށުމަށް ނިންމައިފައެވެ.
އެޑިއުކޭޝަން މިނިސްޓްރީ އިން ނެރުނު ނޯޓިސްގައި ވާގޮތުން ހުރިހާ ސްކޫލެއްގެ މެނޭޖްމަންޓަކުން ކޮމެޓީ އެއް ގާއިމްކޮށް ބުލީ ކުރުންފަދަ ކަންކަމުގެ މައްސަލަތައް ރިޕޯޓު ކުރުމަށް ހާއްސަ ނަމްބަރަކާއި އީމެއިލް އައިޑީއެއް ތައާރަފް ކުރުމަށް ވަނީ އަންގައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ