އޭޝިއާ ޕެސިފިކްގެ ގިނަ ކުންފުނިތަކެއް ބައިވެރިވި ޓުވިމްބިޓް އެވޯޑްސްގެ "ސްމޯލް މާކެޓް ޓެލްކޯ އޮފް ދަ އިޔާ"ގެ ޝަރަފު އުރީދޫ މޯލްޑިވްސް އަށް ލިބިއްޖެއެވެ.
"ސްމޯލް މާކެޓްސް ޓެލްކޯ އޮފް ދަ އިޔާ"ގެ އެވޯޑް އުރީދޫ މޯލްޑިވްސް އަށް ލިބުނީ ސިންގަޕޫރުގެ ސެއިންޓް ރެޖިސްގައި މިދިޔަ އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ އެވޯޑަށް ނޮމިނޭޓްވި ތިން ކުންފުންޏަކީ އުރީދޫ މޯލްޑިވްސް، ދިރާގު، އަދި ބްރޫނާއީގެ ޑީއެސްޓީއެވެ.
"ޓްވިބިޓް ޓެލެކޮމް އެވޯޑްސް 2024ގައި 'ސްމޯލް މާކެޓްސް ޓެލްކޯ އޮފް ދަ އިޔާ' އެވޯޑް ލިބުމަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް. މިއީ މި ކާމިޔާބީއަށް މަގުފަހިކޮށްދިން އަޅުގަނޑުމެންގެ ޓީމުގެ ހިތްވަރާއި ބުރަ މަސައްކަތުގެ ހެއްކެއް. މި ކާމިޔާބީގެ ފަހަތުގައި ތިބި ހުރިހާ ފަރާތްތަކަށް ވަރަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން. މި ކާމިޔާބީ ފާހަގަކުރަމުންދާއިރު، ކުރިއަށް އޮތްތަނުގައިވެސް އީޖާދީ، ފެންވަރު ރަގަނޅު ހިދުމަތް ދިނުމުގައި އުރީދޫ މޯލްޑިވްސް އިން ދެމި ތިބޭނެ ކަމުގެ ޔަގީންކަން އަރުވަން" އެވޯޑް ރަސްމިއްޔާތުގައި އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވިއެވެ.
އެ އެވޯޑުގައި އޭޝިއާ ޕެސިފިކް ސަރަހައްދުގެ ބޮޑެތި ޓެލްކޯ އަދި ޓެކް ކުންފުނިތަކުން ބައިވެރިވިއެވެ. އޭގެ ތެރޭގައި ބާރްތީ އެއާޓެލް، ސިންގްޓެލް، ސްޓާހަބް، ރަކުޓެން މޮބައިލް ޖަޕާން، ރިލަޔަންސް ޖިއޯ، އިންޑޯސެޓް އުރީދޫ ހަޗިސަން، ޗައިނާ މޮބައިލް ފަދަ ކުންފުނިތައް ހިމެނެއެވެ.
ޓެލެކޮމް އިނޮވޭޓަރުންނަށް ދޭ އެންމެ މަތީ ޝަރަފު ކަމަށްވާ ޓްވިމްބިޓް ޓެލެކޮމް އެވޯޑްސްގައި 23 ކެޓަގަރީއެއް ހިމެނެއެވެ. އެއީ ޓެލްކޯ އޮފް ދަ އިޔާ، ޓެލްކޯ ޓު ޓެކްކޯ އޮފް ދަ އިޔާ ފަދަ ދާއިރާތަކެވެ. އެ ދާއިރާތަކުން ފާހަގަކޮށްލެވޭ ކުންފުނިތަކަށް ޝަރަފުވެރި އެވޯޑް ހަވާލުކުރިއެވެ.
އެ އެވޯޑުގެ ސްޓްރެޓީޖިކް ޕާޓްނަރަކީ ޑިޖިޓަލް ތަޖުރިބާތައް ފޯރުކޮށް ދިނުމުގައި މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެފް ފައިވްއެވެ. ޕްރޮގްރާމުގެ މީޑިއާ ޕާޓްނަރަކީ ޑީއެންއޭއެވެ.
ޚަބަރު
ޚަބަރު
ޚަބަރު