ރާއްޖޭގެ 16 އަތޮޅެއްގެ 32 ރަށެއްގެ ރަށު ކައުންސިލަށް ސެކްރެޓެރީ ޖެނެރަލުން ހޯދަން އިއުލާންކޮށްފިއެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ކުރި އިއުލާނެއްގައި ބުނީ، ފަސް އަހަރު ދުވަހުގެ މުއްދަތަކަށް އައްޔަން ކުރާ އެ މަގާމުގެ މުސާރައަކީ ޒެޑްވީ7-3 އެއް ނަމަ 16،100 ރުފިޔާ އަދި ޒެޑްވީ7-4 ނަމަ 15،285 ރުފިޔާ ކަމަށެވެ.
މުސާރައިގެ އިތުރުން ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ 35 ޕަސަންޓު އަދި ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާއާއި ރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެ ކަމަށް ބުނެފައިވެއެވެ.
ނަމަވެސް ސެކްރެޓެރީ ޖެނެރަލްގެ މަގާމަކީ ކައުންސިލްގެ އިދާރާގެ އިދާރީ ހިންގުމުގެ އެންމެ އިސް މަގާމަށްވާތީ ސެކްރެޓަރީ ޖެނެރަލްގެ މަގާމު އަދާކުރާ ފަރާތްތަކަށް ވަޒީފާއާބެހޭ ގާނޫނުގެ 34 މާއްދާގެ (ހ)ގެ ފަސްވަނަ ނަންބަރުގެ ދަށުން އިތުރު ގަޑީގެ ފައިސާ ނުލިބޭނެއެވެ.
އެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 އެވެ.
- ހއ. ވަށަފަރު
- ހއ. މުރައިދޫ
- ށ. ފޭދޫ
- ށ. މަރޮށި
- ށ. ފީވަށް
- ރ. ވާދޫ
- ރ. މަޑުއްވަރި
- ރ. ރަސްމާދޫ
- ރ. އިންނަމާދޫ
- ބ. ހިތާދޫ
- ބ. ފެހެންދޫ
- ބ. ފުޅަދޫ
- ބ. ކިހާދޫ
- ކ. ތުލުސްދޫ
- އއ. ތޮއްޑޫ
- އއ. މާޅޮސް
- އދ. ދިއްދޫ
- އދ. ހަންޏާމީދޫ
- ވ. ތިނަދޫ
- ވ. ފުލިދޫ
- ވ. ފެލިދޫ
- ވ. ރަކީދޫ
- މ. މަޑުއްވަރި
- ފ. ދަނރަބޫދޫ
- ދ. ރިނބުދޫ
- ދ. ކުޑަހުވަދޫ
- ދ. މާއެނބޫދޫ
- ތ. ގާދިއްފުށި
- ތ. ތިމަރަފުށި
- ލ. ދަނބިދޫ
- ގއ. ދެއްވަދޫ
- ގދ. ވާދޫ
ޚަބަރު
ޚަބަރު
ޚަބަރު