ރާއްޖޭގެ އުތުރުގެ ކަނޑުގެ ސަރަހައްދަށް ބިން ހެލުމެއް އައިސްފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނީ ހދ. ހަނިމާދޫގައި ގާއިމުކޮށްފައިވާ ބިންހެލުން ރެކޯޑު ކުރާ މީޓަރަށް މިރޭ 8:27 ހާއިރު ލޮޅުމެއްގެ އަސަރު ކޮށްފައިވާކަން ރެކޯޑު ކުރެވިފައިވާ ކަމަށެވެ.
ނަމަވެސް މީގެ ސަބަބުން ރާއްޖެއަށް ނުރައްކަލެއް ކުރިމަތިވާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ.
އުތުރުގެ ބައެއް ރަށްރަށަށް އެ ބިންހެލުމުގެ ލޮޅުން އެރި ނަމަވެސް، ގެއްލުމެއް ލިބިފައިވާކަމުގެ އެއްވެސް ރިޕޯޓެއް ކޮށްފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު