ފަތުރުވެރިޔަކު ކ. ތުލުސްދޫއަށް ބޭލި ކުއްތާއެއްް ފުލުހުން މެދުވެރިކޮށް އަނބުރާ ފޮނުވާލައިފިއެވެ.
ފުހުލުން މިއަދު ބުނީ ކ. ހިންމަފުށި ބޭރުގައި އޮތް ޔޮޓެއްގައި ފަތުރުވެރިންތަކެއް ގެންގުނު ކުއްތާއެއް ތުލުސްދޫއަށް ބޭލިކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ. އަދި އެ ކުއްތާ މިހާރު އަނބުރާ ޔޮޓަށް ގެންގޮސްފައި ކަމަށާއި އެއީ ހުއްދަ ލިބިގެން ރާއްޖެ އެރެތެކުރި ކުއްތާއެއް ކަމަށް ފުލުހުން ބުންޏެވެ.
ތުލުސްދޫ ކައުންސިލު ރައީސް އަސްލަމް މޫސާ "ވަން" އަށް ވިދާޅުވީ އެ ކުއްތާ ފުރަތަމަ ފެނުނީ އެސޮރު ރަށަށް ބޭލުވި ފަތުރުވެރިޔާ ތުލުސްދޫގައި ހުންނަ ގެސްޓް ހައުސް ކުރިމަތީ އޮއްވައި އެ ރަށުގެ ޒުވާނުންތަކަކަށް ކަމަށެވެ.
"ތުލުސްދުއަށް ވަރަށް ގިނައިން ސަފާރީތައް ވަންނާނެ. އެކަމަކު ކުއްތާ ރަށަށް ބޭލުން މަނާކޮށްފައި އޮންނަނީ. މިހާރު އެ ކުއްތާ ވަނީ ޔޮޓަށް ގެންގޮސްފައި. އެ ގެސްޓު މީހާ، ކުއްތާ ބަދަރަށް ބޭލިއިރު އެ ސަރަހައްދުގައި އެކަމާ ގުޅުންހުރި ބޭފުޅުންވެސް ތިއްބެވި. ގެސްޓު މީހާއަށް ނޭނގޭ ރަށުތެރެއަށް ކުއްތާ ބޭލުން މަނާ ކަމެއް،" އަސްލަމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު