ރާއްޖޭގެ އިގުތިސޯދު ޑައިވާސިފައި ކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފަސް އަހަރުގެ މި ދައުރުގެ ތެރޭގައި، ރާއްޖެއަށް ބޭނުންވާ ލޮނު ރާއްޖޭގައި އުފައްދަން ފެށޭވަރުވާނެ ކަމަށް އިކޮނޮކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އިކޮނޮމިކް މިނިސްޓްރީގެ މަސައްކަތްތަކާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި މިނިސްޓަރު ސައީދު ވިދާޅުވީ، އިގުތިސޯދު ޑައިވާސިފައި ކުރުމުގެ މަސައްކަތް ކުރަމުންދާ އިރު، ރާއްޖޭގައި ބޮޑު ކަނޑެއް އޮތުމުން އޭގެ މަންފާ ކުރަންޖެހޭ ކަމަށެވެ.
އެހެންކަމުން ރާއްޖޭގައި ލޮނު އުފެއްދުމުގެ މަސައްކަތް ކުރުމަށް ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބިސީސީ) އާ ހަވާލު ކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި ދިރާސާ ކުރުމަށް، އޫއެންޑީޕީގެ އެހީ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި އޮތް ޓޫރިޒަމް އިންޑަސްޓްރީއަށް ކޮލިޓީ ލޮނު އެތެރެ ކުރަމުންދާ ކަމަށެވެ. އެހެންކަމުން އެ ކަމަށް ބޭނުންވާ ލޮނާއި ރާއްޖޭގެ މީހުން ކާން ބޭނުންކުރާ ލޮނުގެ ބާވަތްތައް މި ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި އުފައްދަން ފެށޭނެ ކަމަށެވެ.
ރާއްޖޭގައި ލޮނު އުފެއްދުމުގެ ވާހައަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ވެރިކަމުގައި ވެސް ދެއްކި ވާހަކައެކެވެ. އޭރުވެސް އިކޮނޮމިކް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވީ ސައީދެވެ. ނަމަވެސް ވެރިކަން ނިމިގެން ދިޔައިރުވެސް އެ ޕްރޮޖެކްޓް ހަގީގަތަކަށް ވެފައެއްނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު