ލޭންގުއެޖް، ކަލްޗާ އަދި ހެރިޓޭޖް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ސައީދު މޫސާ ވަޖުދީ އެ މަގާމުން ސަސްޕެންޑްކޮށްފިއެވެ.
"ވަން" އެނގިފައިވާ ގޮތުގައި ޑެޕިއުޓީ މިނިސްޓަރުގެ މަގާމުން ވަޖުދީ ސަސްޕެންޑް ކޮށްފައިވަނީ އޭނާ ގުޅޭ ގޮތުން ބަލަމުންދާ ސްލޫކީ މައްސަލައަކާ ގުޅިގެންނެވެ. ނަމަވެސް އެކަމާ ގުޅިގެން ސަރުކާރުން އެއްވެސް އެއްޗެއް އަދި ނުބުނެއެވެ.
ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ވަޖުދީ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެންވަޔަރުމެންޓް މިނިސްޓްރީގެ އިސްމަގާމެއްގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ.
ވަޖުދީގެ އިތުރުން ސިޔާސީ މުވައްޒަފުންގެ ސުލޫކީ މިންގަނޑާ ހިލާފުވުމުން ސްޕޯޓްސް މިނިސްޓްރީ ޑެޕިއުޓީ މިނިސްޓަރު ހުސެއިން ޝިފާޒް ވެސް ވަނީ މިއަދު ސަސްޕެންޑްކޮށްފައެވެ. އަދި މިދިޔަ ޖެނުއަރީ މަހުން ފެށިގެން ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުންގެ ތެރޭގައި ހިމެނޭ މަރިޔަމް ޝިއުނާ އާއި މަލްޝާ ޝަރީފްގެ އިތުރުން މަހުޒޫމް މާޖިދުވެސް ވަނީ ސަސްޕެންޑްކޮށްފައެވެ. އެ ބޭފުޅުން ސަސްޕެންޑް ކުރީ މުސާރަ ލިބޭ ގޮތަށެވެ.
އޭގެ އިތުރުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ފާތިމަތު ތައުފީގާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަންގެ މަގާމުން އަހުމަދު ޒުހޫރު ވަނީ ވަކިކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު