އިރާނުގެ ރިޔާސީ އިންތިހާބު އަންނަ މަހުގެ 28 ވަނަ ދުވަހަށް ތާވަލުކޮށްފިއެވެ.
އިރާނު ރައީސް އިބްރާހިމް ރައީސީ އާއި ސަރުކާރުގެ އިސް އޮފިޝަލުންތަކެއް ދަތުރުފުޅު ކުރެއްވި ހެލިކޮޕްޓަރު ވެއްޓި ރައީސް ރައީސީ އަވަހާރަ ވުމާއެކު އެގައުމުގެ ވެރިކަން ހިންގުމާ ހަވާލު ކޮށްފައިވަނީ ނައިބު ރައީސް މުހައްމަދު މުކްބީރެވެ.
ރައީސް އިބްރާހިމް ރައީސީ އަވަހާރަވުމާއެކު އެމަގާމަށް މީހަކު އިންތިހާބު ކުރުމަށް އެގައުމުން ހޯމަ ދުވަހު ވަނީ އަންނަ މަހުގެ 28 ވަނަ ދުވަހު އިންތިހާބު އޮންނާނެކަން އިއުލާން ކޮށްފައެވެ.
އިރާންގެ 14 ވަނަ ރިޔާސީ އިންތިހާބު ބޭއްވުމުގެ މަޝްވަރާގައި އެގައުމުގެ ކޯޓުތަކާއި ސަރުކާރުގެ އިސް ފަރާތްތަކުން ވަނީ ބައްދަލުކޮށް އަވަސް އިންތިހާބެއް ބޭއްވުމަށް ނިންމައިފައެވެ.
އިންތިހާބުގައި ބައިވެރިވުމަށް ހުޅުވާލާފައިވަނީ މިމަހުގެ 30 ވަނަދުވަހުގެ ނިޔަލަށެވެ. އަދި ކެމްޕޭނުކުރުމުގެ ފުރުސަތު އަންނަ މަހުގެ 12 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހާ ދެމެދު އޮންނާނެ ކަމަށް އޮފިޝަލުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ