އަންނަ ހަފުތާގެ އާދިއްތަ ދުވަހު ފަށާ ދިރާސީ އާ އަހަރަށް "ބެކް ޓު ސްކޫލް" ހާއްސަ އޮފާތަކެއް ލޯންޗުކޮށްފިއެވެ.

ދިރާގުން މިއަދު ބުނީ މި އޮފާގެ ދަށުން އެ ކުންފުނިން ވަނީ އާ ދިރާގު ފައިބާ ބްރޯޑްބޭންޑް ކަނެކްޝަނަށް އެދޭ ކަސްޓަމަރުންނަށް ހިލޭ ރައުޓާ އަދި ހިލޭ ސެޓް އަޕް ލިބޭ ހާއްސަ ޕްރޮމޯޝަނެއް ވެސް ފަށައިފައި ކަމަށެވެ.

މިމަހުގެ ނިޔަލަށް ކުރިއަށްދާ މި ހާއްސަ އޮފާ ދިރާގުގެ ކޮންމެ ފައިބާ ބްރޯޑްބޭންޑް ޕެކޭޖެއް ނަގާ ފަރާތަކަށް ވެސް ލިބޭނެއެވެ.

ކުންފުނީގެ އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކިޔަވަމުންދާ ކުދިންނަށާއި މަސައްކަތްކުރާ ޓީޗަރުންނަށް ވެސް ހައިސްޕީޑް އިންޓަނެޓްގެ ހިދުމަތް މެދު ނުކެނޑި ފޯރުކޮށްދިނުމެވެ.