އިރާނުގެ ހެލިކޮޕްޓަރު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް އަމުރުކޮށްފިއެވެ.
އިރާނުގެ ރައީސް އިބްރާހިމް ރައީސީ އަދި ސަރުކާރުގެ އިސް އޮފިޝަލުންތަކެއް ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް އަމުރު ކުރައްވާފައިވަނީ އެ ގައުމުގެ މިލިޓަރީ ޗީފް އޮފް ސްޓާފް މުހައްމަދު ބަގޭރީއެވެ.
އިރާނުގެ މިލިޓަރީ ޗީފް އޮފް ސްޓާފް މުހައްމަދު ބަގޭރީ ވަނީ އެގައުމުގެ އިސް އޮފިޝަލުން އެކުލެވޭ ކޮމެޓީއެއް ގާއިމު ކުރައްވައި އެ ހާދިސާ ތަހުގީގު ކުރުމަށް އަމުރު ކުރައްވައިފައެވެ.
ރައީސް ރައީސީ އާއި ސަރުކާރުގެ އޮފިޝަލުންތަކެއް އަޒަރުބައިޖާންގެ ޑޭމް އެއް އިފުތިތާހު ކުރައްވަން ކުރެއްވި ދަތުރަށް ފަހު އެނބުރި އައި މަގުމަތީ އިރާން އާއި އަޒަރްބައިޖާން ގުޅޭ ބޯޑަރު ކައިރީގައި އޮންނަ އަވަށަކަށް ހެލިކޮޕްޓަރު ވެއްޓުމާއެކު އޭގެން ދަތުރުކުރި އެންމެން ވަނީ ނިޔާވެފައެވެ.
ރައީސީއާ އެކު އެ ހެލިކޮޕްޓަރުގައި އިރާނުގެ ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބުދުالله ހިއަން އަދި އަޒަރްބައިޖާންގެ އިރުމަތީ ޕްރޮވިންސެއްގެ ގަވަރުނަރު މާލިކް ރަހްމަތީ އަދި އިތުރު ބޭފުޅަކު ތިއްބެވިއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ