ޅ. އަތޮޅުގެ ފަޅު ރަށެއް ކަމަށްވާ ގާއެރިފަޅުގައި ވަޅުލާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް ފުލުހުން ހޯދައިފިއެވެ.
ފުލުހުން މިއަދު ބުނީ މިދިޔަ ހޮނިހިރު ދުވަހު ހިންނަވަރު ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަޅުލާފައި ހުއްޓާ ފެނުނީ 91 ދަޅު ބަނގުރަލާއި 59 ފުޅި ބަނގުރާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި ހިންނަވަރު ޕޮލިސް ސްޓޭޝަނުން އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ޚަބަރު
ޚަބަރު