އެމްއެންޑީއެފްގެ ބަނޑޭރި ކޮށީގެ އެޕާޓްމެންޓެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުން މިއަދު ބުނީ މަރުވެފައިވާ މީހާ ފެނިފައިވަނީ މިއަދު 17:44 އެހާކަންހާއިރު ކަމަށެވެ.
"ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބަނޑޭރި ކޮށި އެޕާޓްމެންޓެއް ބަލައިފާސްކުރިއިރު ނިޔާވެފައި އޮތް ފިރިހެނަކު ފެނިގެން ސީންގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުން،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ އެޕާޓްމަންޓަކީ މިވަގުތު ބޭނުންކުރަމުންދާ އެޕާޓްމަންޓެއް ނޫންކަން ޔަގީންކުރެވިފައިވާ ކަމަށެވެ.
އެ ހާދިސާއާ ގުޅޭ މައުލޫމާތު ލިބެމުންދާ ވަރަކަށް މީޑިއާއާ ހިއްސާ ކުރަމުންދާނެ ކަމަށް ފުލުހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު