އޭޝިއަން ޕެސެފިކް ބްލޫ އިކޮނޮމިކް ފޯރަމް ރާއްޖޭގައި ބާއްވަން ހަމަޖެހިއްޖެއެވެ.

އެ ފޯރަމް ކުރިއަށްދާނީ މި މަހުގެ 13-14 އަށެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭޝިއަން ޕެސެފިކް ބްލޫ އިކޮނޮމިކް ފޯރަމް ރާއްޖޭގައި ބޭއްވުގެ ފުރުސަތު ލިބުމަކީ ލިބުނު ފަހުރެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ކްލައިމެޓް ފައިނޭންސް ނެޓްވޯކް (ސީއެފްއެން) ގައި ހިމެނޭ ގައުމުތަކުގެ ބޭފުޅުން އެ ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި ފޯރަމްގައި މުހިންމު ކަންތައްތަކެއް ނިންމާނެ ކަމަށެވެ.

އޭޝިއަން ޕެސެފިކް ބްލޫ އިކޮނޮމިކް ފޯރަމަކީ ޔުނިސެފާއި ކްލައިމެޓް ފައިނޭންސް ނެޓްވޯކާއި ޔޫކޭ އިންޓަނޭޝަނަ؛ލް ޑިވެލޮޕްމެންޓާއި އިކޮނޮމިކް އެންޑް ޓްރޭޑް މިނިސްޓްރީ ގުޅިގެން ބާއްވާ ފޯރަމެކެވެ.