ކުޑަކުދިންނަށް ހާއްސަކޮށްގެން އެލައިޑުން ފޭސްބުކްގައި ކުރިޔަށްގެންދިޔަ މަދަހަ މުބާރާތުގެ އެއްވަނަ ހޯދި ހަދީޖާ އަޒްކާ ބިންތް އާދަމްއަށް މުބާރާތުގެ އިނާމުގެ ގޮތުގައި ކަނޑައަޅާފައިވާ އެންމެ ފަހުގެ އައިޕެޑް، ޓެންތު ޖެނެރޭޝަން އައިޕެޑް ހަވާލުކޮށްފިއެވެ.
އެލައިޑު އިންޝުއަރަންސްގެ މައި އޮފީހުގައި އިއްޔެ ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އިނާމު ހަވާލުކޮށްދެއްވާފައިވަނީ އެލައިޑްގެ ޖެނެރަލް މެނޭޖަރު އަހުމަދު ޝާބިގުއެވެ. އަޒްކާގެ ފަރާތުން އިނާމާ ހަވާލުވީ އަޒްކާގެ ބައްޕަ އާދަމް ނަސީމެވެ.
ފެބްރުއަރީ މަހުގެ 25 އިން މިދިޔަ މަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ އެ މުބާރާތުގައި ގިނަ އަދަދެއްގެ ކުދިންގެ ބައިވެރިވުން ލިބުމާއެކު އެކަން ފާހަގަކޮށް އެލައިޑުން ވަނީ އާންމުންގެ ފަރާތުން ލިބުނު ތަރުހީބަށް ޝުކުރު އަދާކޮށްފައެވެ.
އޭގެ އިތުރުންވެސް އެލައިޑުން ވަނީ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާ ޕްރޮމޯޝަނެއް ލޯންޗުކޮށްފައެވެ. އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ، އަޔާދީން ފޯރުކޮށްދޭ ޗައިލްޑް އެޑިއުކޭޝަން ތަކާފުލްއަށް ހާއްސަ އެ ޕްރޮމޯޝަންގެ ތެރެއިން ޕްލޭން ނަގާ އެންމެ ފުރަތަމަ 50 ކަސްޓަމަރުންގެ ފުރަތަމަ މަހުގެ ޕޭމަންޓުން 50 ޕަސަންޓުގެ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމައިފައެވެ.
ޗައިލްޑް އެޑިއުކޭޝަން ތަކާފުލް ޕްލޭނަކީ ދަރިންގެ މަތީ ތައުލީމަށް ބޭނުންވާ ފަންޑް ގާއިމުކުރުމަށް އެޅިދާނެ މުހިންމު ފިޔަވަޅެއް ކަމުގައި އަޔާދީން ފާހަގަކުރެއެވެ. އެގޮތުން މިމަހުގެ 10 އިން ޖޫން މަހުގެ 30ގެ ނިޔަލަށް ކުރިއަށްގެންދާ ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް އެލައިޑްގެ ހިލޭ ގުޅޭ ހޮޓްލައިން 1600 އަށް ގުޅުމަށް އެލައިޑުން އިލްތިމާސް ކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު