ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަހާއި މައިންގެ ދުވަސް ފާހަގަކުރުމަށް މިއަދު މާލޭގައި ހާއްސަ އާއިލީ ހަވީރެއް ބާއްވަން ނިންމައިފިއެވެ.

އެ ހަވީރު އިންތިޒާމު ކުރަނީ މާލެ ސިޓީ ކައުންސިލާއި މާލެ ސިޓީ ކައުންސިލުގެ ޑަބްލިއުޑީސީ ގުޅިގެންނެވެ.

އެ ހަވީރާ ގުޅޭ މައުލޫމާތު ދިނުމަށް އިއްޔެ މާލެ ސިޓީ ކައުންސިލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި މާލޭގެ މޭޔާރު އާދަމް އާޒިމް ވިދާޅުވީ، މާލެ ސަރަހައްދު ފަދަ ތަނެއްގައި ގިނަ އަދަދެއްގެ ކުޑަކުދިން ގިނަ ވަގުތު ހޭދަކުރަނީ ގޭމް ކުޅުމުގައި ކަމަށާއި އާއިލީ ހަވީރުގެ ބޭނުމަކީ ކުދިން އަމަލީ ގޮތުން ކުޅިވަރުތަކުގައި ބައިވެރިކުރުވައި ހެލިފެލިވެ އުޅުން ކަމަށެވެ.

އެގޮތުން ސިޓީ ކައުންސިލުގެ އާއިލީ ހަވީރު އޮންނާނީ މިއަދު ހަވީރު 3:30 އިން ފެށިގެން އާޓިފިޝަލް ބީޗުގައެވެ. އަދި ބޮޑެތި މީހުންނަށް ހާއްސަކޮށްގެން ރޭގަނޑުވެސް ހަރަކާތްތަކެއް ހިންގަން ވަނީ ނިންމައިފައެވެ.

  • މެކޭނިކަލް ބުލްރައިޑިން
  • ގްލޭޑިއޭޓާ ޑުއެލް
  • ޖަޔަންޓް ބާސްކެޓްބޯލް
  • ތްރީޑީ ބޫތް
  • އިންސްޓަންޓް ޕޮޓޯ ބޫތް
  • މިނީގޭމްސް
  • ކިޑްސް އެކިޓިވިޓީ ރިޗާޗު ޕްރޮގްރާމް
  • ސްޓޯރީ ޓެލިންގް
  • އެޑިއުކޭޝަނަލީ ސައިންސް ފިކްޗާ
  • އަންޑާވޯޓާ ވޯޓާސް ރިއަލިޓީޒް