އައިޖީއެމްއެޗްގައި މަސައްކަތް ކުރައްވާ ޑޮކްޓަރުން ބަދުނާމުވާ ގޮތަށް އަދި އެ މީހުންގެ ޒިންމާތައް އަދާކުރަން ހުރަސްއެޅޭ ފަދަ ގޮތަކަށް ސޯޝަލް މީޑިއާގައި ފޮޓޯ ބޭނުންކުރުން މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން (އެމްއެމްއޭ) އިން ކުށްވެރި ކޮށްފިއެވެ.
އެމްއެމްއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސިއްހީ ދާއިރާގެ ފަންނީ ބޭފުޅުންނަށް، ހާއްސަކޮށް ޑޮކްޓަރުންނަށް އަމާޒުކޮށްގެން ސިއްހީ ހިދުމަތްތެރިންގެ އަގުހުރި ހިދުމަތުގެ އަގުވެއްޓި ސިއްހީ ދާއިރާ އިން ދޭ ހިދުމަތްތަކައި މެދު އިތުބާރު ގެއްލޭ ގޮތަށް ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ވާހަކަތައް ފަތުރާ ފޮޓޯ އާންމުކުރުން ފަދަ ކަންކަންކުރާ ކަމަށެވެ.
އަދި ރާއްޖޭގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިން، މަސައްކަތް ކުރައްވަމުން ގެންދަވަނީ އެކި ކަހަލަ ގިނަގުނަ ގޮންޖެހުންތަކާއެކު ކަމަށްވާއިރު، ސިއްހީ ހިދުމަތްތެރިންނާއި ޑޮކްޓަރުން ބަދުނަމުވާ ފަދަ ގޮތަށް އަމަލުތައް ބެހެެއްޓުމުގެ ސަބަބުން ސިއްހީ ހިދުމަތް ދޭ ފަރާތްތަކުގެ ހިތުގައި އިތުރަށް މާޔޫސްކަން އުފެދި، ރަނގަޅު ޕްރޮފެޝަނަލް ހިދުމަތްތެރިން ސިއްހީ ހިދުމަތުގައި ދެމެހެއްޓުމަށް އިތުރު ދަތިތަކެއް ދިމާވާ ކަމަށްވެސް ބުންޏެވެ.
އެމްއެމްއޭ އިން ބުނީ، ކަމުގެ ހަގިގަތާއި ފުރިހަމަ މައުލޫމާތު ނޭނގި އެފަދަ ވާހަކަތައް މުޖުތަމައު ތެރޭގައި ފެތުރުމުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާނީ ސިއްހީ ހިދުމަތް ބޭނުންވެފައިވާ އާންމު ރައްޔިތުންނަށް ކަމަށެވެ. އަދި އެގޮތަށް އަމަލުކޮށް ސިއްހީ މުޅި ނިޒާމަށް އޮތް އިތުބާރު ގެއްލުވުމަކީ ކުރަންޖެހޭ އެތައް ހޭދައެއްކޮށް، ތަކުލީފުތައް އުފުލައިގެން ރާއްޖެއިން ލިބެން ހުންނަ ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދިއުމުގެ ސަގާފަތެއް ދިރުވޭ ކަމެއް ކަމަށްވެސް އެ އެސޯސިއޭޝަނުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު