އައިޖީއެމްއެޗްގައި މަސައްކަތްކުރައްވާ ޑޮކްޓަރުން ބަދުނާމުވާ ގޮތަށް އަދި އެ މީހުންގެ ޒިންމާތައް އަދާކުރަން ހުރަސްއެޅޭ ފަދަ ގޮތަކަށް ސޯޝަލް މީޑިއާގައި ފޮޓޯ ބޭނުންކުރާ މީހުންނަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
އައިޖީއެމްއެޗްގައި ވިހެއި ތުއްތު ކުއްޖަކަށް ފަރުވާ ދިނުމުގައި އެކަށީގެން ނުވާ ގޮތަކަށް އެ ހޮސްޕިޓަލުގެ މުވައްޒަފުން އަމަލުކުރި ކަމަށް ބުނެ އެ ކުއްޖާގެ އާއިލާގެ ބަޔަކާއި އާންމު ބައެއް މީޑިއާތަކުން ދަނީ ޕޯސްތުތައް ޖަހަމުންނެވެ.
އެކަމާ ގުޅިގެން އައިޖީއެމްއެޗް އިން ނެރުނު ބަޔާނެއްގައި ބުނީ، އެ ހޮސްޕިޓަލުން ބަލިމީހުންނަށް ފަރުވާދިނުމުގައި ހިތްހަމަނުޖެހޭ ގޮތަކަށް ނުވަތަ ރަނގަޅު ނޫން ގޮތަކަށް ފަރުވާގެ ކަމެއް ކުރިއަށްދާހެން ފާހަގަކުރެވޭނަމަ އެކަންކަން އިތުރަށް ސާފުކޮށް އޮޅުންފިލުވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށެވެ.
އަދި މައްސަލައެއް އޮތްނަމަ އެ މައްސަލައެއް ހޮސްޕިޓަލުގެ ކަމާބެހޭ ފަރާތްތަކަށް ވަގުތުން ވަގުތަށް ހުށަހެޅޭނެ އިންތިޒާމު ހަމަޖެހިފައިވާނެ ކަމަށްވެސް ބުންޏެެވެ.
"އެ ހޮސްޕިޓަލުން ފަރުވާ ދިނުމުގައި އަމަލުކުރަނީ މެޑިކަލް ޕްރެކްޓިސްގައި އަމަލުކުރަމުން އަންނަ އުސޫލުތަކާއި އެއްގޮތަށް. އަދި ސޯޝަލް މީޑިއާގައި ބަލި މީހެއްގެ ހާލަތާއި ފަރުވާއާ ގުޅޭ ގޮތުން ވަކި ގޮތަކަށް ވާހަކަދެއްކި ނަމަވެސް ބަލިމީހާގެ ބަލީގެ ހާލަތާއި ދީފައިވާ ފަރުވާގެ ތަފުސީލުތަކަކީ އާންމުކޮށް ސޯޝަލް މީޑިއާގައި ހޮސްޕިޓަލުން އާންމުކުރާ މައުލޫމާތުތަކެއް ނޫން،" އައިޖީއެމްއެޗް އިން ބުންޏެވެ..
އެ ހޮސްޕިޓަލުން ބުނީ، ހިތްހަމަނުޖެހޭ ކަމެއް ދިމާވުމުން އެއިން މަގެއް ހިޔާރުކުރުމުގެ ބަދަލުގައި ސޯޝަލް މީޑިއާގައި ކަމުގެ ހަގީގަތް އޮޅޭ ގޮތަށް އެ ހާދިސާއަކާއި ގުޅުވާ ރައްޔިތުންނަށް ހިދުމަތް ދިނުމުގައި މަސައްކަތް ކުރައްވަމުންގެންދަވާ ޑޮކްޓަރުންގެ ފޮޓޯ އާންމުކޮށް އެ ފަރާތްތަކުގެ ޒިންމާ އަދާކުރުމަށް ހުރަސްއެޅޭ ފަދަ އަމަލުތައް އެ ހޮސްޕިޓަލުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު