ރާއްޖޭގެ ކުޅިވަރުން ފައިދާ ވާނީ ދުރު ރާސްތާ ޕްލޭނަކަށް މުޅި ރާއްޖެ ޝާމިލްވާނެ ހެން މަސައްކަތްތަކެއް ކުރެވިގެން ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
ރާފިއު އެހެން ވިދާޅުވީ އިއްޔެ ރައްޔިތުން މަޖިލީހުގައި ބައެއް މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. ރާފިއު ވިދާޅުވީ ކުޅިވަރުގައި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާއި އެ ކަންބޮޑުވުންތައް ހައްލުކުރަން ރާއްޖޭގެ ކުޅިވަރުގައި ދުރު ރާސްތާ ޕްލޭނަކަށް އެކަށީގެންވާ މާހައުލެއްގައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
"ފުޓުބޯޅަވެސް ހިމެނޭ ގޮތަށް. ކުޅިވަރުތަކުން ރާއްޖެއަށް ވާދަވެރި މައިދާނެއްގައި ކާމިޔާބު ހޯދޭނީ ކިހިނެތް ކަންތައް ކޮށްގެންތޯ ބެލުމަކީ މުހިއްމު ކަމެއް. އެކަމަށްޓަކައި އަޅުގަނޑުމެން އެކުލަވާލީ ދުރުރާސްތާ ޕްލޭނެއް. އެއީ ގައުމީ ފެންވަރުގައި އެކަން ކުރާނެ ނިޒާމެއް ގާއިމުކުރުމަށް. އެގޮތަށް އެކަން ކޮށް، އެ މަސައްކަތް ފެށީ ރާއްޖޭގެ ކުޅިވަރުގެ މަސައްކަތްތައް ދޭތެރެ ދޭތެރެއިން މަޑު ޖެހޭތީ. ކުޅިވަރާ ބެހޭ ދިގު ރާސްތާ ޕްލޭނެއް އެކުލަވާލަން ފްރޭމް ވޯކެއް މިހާރު އޮތީ ހެދިފައި. އޭގެ ތަފްސީލީ މަސައްކަތްތައް މިހާރު ދަނީ ކުރެވެމުން،" ރާފިއު ވިދާޅުވިއެވެ.
ރާފިއު ވިދާޅުވީ މިނިސްޓަރު ކަމާ ހަވާލުވެ، ރާއްޖޭގެ ކުޅިވަރުގެ ތަފުސީލީ މައުލޫމާތު ހޯދަން ބޭރުގެ ކަމާ ބެހޭ ފަރާތްތައްވެސް ބައިވެރިކޮށް، މިހާރު ކަރުދާހެއް ތައްޔާރު ކުރެވިއްޖެ ކަމަށެވެ. އެ މަސައްކަތްތައް މިނިސްޓުރީގެ ވެބްސައިޓުން ފެންނާނެ ކަމަށްވެސް ރާފިއު ވިދާޅުވިއެވެ. އަދި މިހާރުވެސް އެސޯސިއޭޝަންތަކާއި އިދާރާތައް ޒިންމާދާރުކޮށް، ކުޅިވަރުގެ ޕްލޭނަށް މަސައްކަތް ކޮށްދެވޭނެ ގޮތެއް ހޯދަން މަސައްކަތް ކުރައްވާ ކަމަށްވެސް ރާފިއު އިއްޔެ ވިދާޅުވިއެވެ.
"ދަނޑުތައް ކޮންފެންވަރަކަށް ހަދައިގެންތޯ. ކުޅިވަރުގެ ހަބްތައް ކޮންތަންތާކުތޯ ބަހައްޓާނީ. އިންޓަނޭޝަނަލް މުބާރާތްތައް އަޅުގަނޑުމެން ކުޅެން ކިހިނެއްތޯ ހަދާނީ، ކޮން ދިމާ އަކަށްތޯ ދާނީ. އިތުރަށް، ފުޓްބޯޅަ ކުރިއަރުވަން ޓްރެއިނިންތައް ގެންދާނެ ގޮތުގެ ނިޒާމެއް، މުޅި ރާއްޖެ ހިމެނޭ ގޮތަށް އަޅުގަނޑުމެން ގެންދާނީ. މި ހުރިހާ ކަމެއް ހިމެނޭ ގޮތަށް ފްރޭމްވޯކެއް ހަދާފައި އެއޮތީ. ދެން، އެކަން އެގްޒެކިއުޓް ކުރަން. ކުރިއަށްގަންދެން ކުރަން ޖެހޭ ތަފުސީލީ މަސައްކަތްތައް ކުރިއަށްދަނީ އެސޯސިއޭޝަންތަކާ ވާހަކަ ދެކެވިގެން،" ރާފިއު ވިދާޅުވިއެވެ.
ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއު
ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއު
ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއު
ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއު