އައްޑޫ ސިޓީ ފޭދޫގައި ހިންގާ ސްޕާއަކުން ފަސް މީހުން އިއްޔެ ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ އައްޑޫ ފޭދޫގައި އިއްޔެ ހިންގި އޮޕަރޭޝަނެއްގައި އެ ރަށުގައި ސްޕާއެއްގެ ގޮތުގައި ހިންގާ ތަނެއް ބަލައި ފާސްކޮށް ދިވެހި ދެ ފިރިހެނުންނާއި ތައިލެންޑުގެ ތިން އަންހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެކަމުގެ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެެ.
ފުލުހުން ބުނީ، މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ސްޕާގެ ނަމުގައި ހިންގާ ތަންތަނުގައި ހަށިވިއްކުމުގެ މައްސަލަތައް ވަރަށް ގިނައިން ފެންމަތިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު