ދިރާސީ އާ އަހަރުގެ ކިޔެވުން ނިންމައި ސްކޫލްތަކުގެ ޗުއްޓީ މިއަދު ފަށައިފިއެވެ.
ދިރާސީ އަހަރުގެ ކިޔެވުން ފެށީ 84،000 އަށްވުރެ ގިނަ ދަރިވަރުންނާއެކު މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 6ގައެވެ. އެ ދަރިވަރުންނަށް ކިޔަވައިދިނުމުގައި ދިވެހި 6،516 ޓީޗަރުންނާއި 1،843 ބިދޭސީ ޓީޗަރުން މަސައްކަތް ކުރިއެވެ.
ރާއްޖޭގެ 216 ސްކޫލެއްގައި މިއަދު ދަރިވަރުންނަށް ރިޕޯޓް ފޮތް ދީ ޗުއްޓީ ފަށާފައިވާއިރު ދެން އަލުން ކިޔެވުން ފެށޭނީ އަންނަ މަހު 26 ގައެވެ. ކިޔެވުން ނިމޭނީ ސެޕްޓެންބަރު 26ގައެވެ. ދެވަނަ ޓާމުގެ ކިޔެވުން ފަށަނީ އޮކްޓޯބަރު 6 ގައެވެ.
ބޮޑު ޗުއްޓީ ދަރިވަރުންނަށް ލިބޭނީ 2025ގެ މާޗް 6 ގައެވެ. މާޗް 9 އިން އޭޕްރީލް 3 އަށް އެއީ ބޮޑު ޗުއްޓީ ކަމަށް ވެސް ވަނީ ކަނޑައަޅައިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު