ޒަމާނީ ވަސީލަތްތަކާއެކު ކްރިއޭޓިވް އިންޓަނޭޝަނަލް އާޓްސް ސްކޫލެއް ހަދައިދޭނެ ބަޔަކު ހޯދަން އިއުލާން އިކޮނޮމިކް މިނިސްޓްރީން އިއުލާންކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދުކުރި އިއުލާނެއްގައި އާޓްސް ސްކޫލެއް ހަދައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ޖޫން 30 ވަނަ ދުވަހުގެ ކުރިން [email protected] މެދުވެރިކޮށް މިނިސްޓްރީއަށް އަންގަންވާނެ ކަމަށެވެ.
އާޓްސް ސްކޫލް ހަދަން ނިންމާފައިވަނީ އެ ދާއިރާތަކުން މަސައްކަތް ކުރާނެ މީހުން ނެރުމާއި ޓްރެއިނިން އަދި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ތަމްރީނުތައް ދިނުމުގެ އިތުރުން އުފެއްދުންތެރި ފަންނުވެރިންނަށް ހިތްވަރު ދިނުމަށް ގެލެރީތަކާއި މިއުޒިއަމްތައް އިންޓަގްރޭޓްކޮށް އާއްމުންނަށް ޒިޔާރަތްކުރެވޭ ގޮތަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
އިއުލާނުގައިވާ ގޮތުން އާޓްސް ސްކޫލު ހަދާނީ ދަރިވަރުންނަށް ތިބެވޭ ގޮތަށް ހޮސްޓެލް ވެސް ހިމެނޭ ގޮތަށެވެ. އަދި ވިޝުއަލް އާޓްސް އެންޑް ކްރާފްޓްސް، އޯޑިއޯ ވިޝުއަލް އެންޑް އިންޓަރެކްޓިވް މީޑިއާ، ޓެކްނޮލޮޖީ، އަދި ޑިޒައިންނާ ގުޅޭ ތަފާތު އެކި ކަންތައްތައް އާޓްސް ސްކޫލުން ދަސްކޮށްދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ،
އުފެއްދުންތެރި ހިދުމަތްތަކާއި ފަންނުވެރިކަން ކުރިއެރުވުމަށްޓަކައި ޕަބްލިކޭޝަން އަދި އިލްމު ފެތުރުމާއި އުފެއްދުންތެރި ހިޔާލު ފާޅުކުރެވޭނެ ގޮތް ވެސް އާޓްސް ސްކޫލުގައި ހުންނަންވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ ސްކޫލް ހެދުމަށް ހުށަހަޅާ ކަންކަމަށް ބެލުމަށްފަހު ސްޕެޝަލް އިކޮނޮމިކް ޒޯން ފްރޭމްވޯކްގެ ދަށުން ލުއިތައް ދިނުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު