ޗައިނާގައި ބުޅަލެއްގެ ސަަބަބުން ގެއެއް ރޯވެ 14،000 ޑޮލަރުގެ ގެއްލުން ވެއްޖެއެވެ. އެ ބުޅާ ވަނީ އެ ގޭގައި އެއްވެސް މީހަކު ނޫޅޭ ވަގުތެއްގައި ގޭގައި ބޭނުންކުރާ އިންޑަކްޝަން ކުކަރެއް އޮންކޮށްލާފައެވެ.
ގޭގެ ވެރިފަރާތަށް ގެ ރޯވިކަމުގެ ހަބަރު ދިނީ އޭނާގެ އަވަށްޓެރިއެއް ކަމަށާއި ގެއަށް ދެވުނު އިރު އަލިފާންގަނޑު ނިއްވާލާފައިވީ ނަމަވެސް ދުން ބޯވެފައިވާކަމަށް އޭނާ ބުނެފައިވެއެވެ.
ގޭގައި ރޯވުމުން އެ ބުޅާ ވަނީ އެގޭގެ މަތީ ފަންގިފިލައެއްގައި ހުންނަ ކަބަޑަކަށް ވަދެ ފިލާފައިކަމަށް އަލިފާން ނިއްވާ ޓީމާ ހަވާލާދީ ޗައިނާގެ ނޫސްތަކުން ބުނެއެވެ.
އަލިފާން ނިއްވާ ޓީމުން އެ ބުޅާ ހޯދިއިރު އަނިޔާވެފައި ނުވި ނަމަވެސް އަލިފާނުގެ ސަބަބުން މުޅި ގައިގައި އަޅި ހުރިކަމަށް ބުނެފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ