ޗައިނާއަށް ނަގޫރޯޅިއެއް އަރައި ފަސް މީހުން މަރުވެއްޖެއެވެ.
އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޗައިނާގެ ދެކުނުގައި އޮންނަ ގުއަންޒޯ ސިޓީއަށް އެރި އެ ނަގޫރޯޅީގައި 33 މީހުންނަށް އެކިވަރުގެ އަނިޔާ ލިބުނެވެ. އަދި 141 ފެކްޓަރީއެއްގެ އިމާރާތަށް ބޮޑެތި ގެއްލުން ލިބިފައިވާއިރު، އެއްވެސް ގެއެއް ވެއްޓިފައިނުވާ ކަމަށް ބުނެއެވެ.
ޗައިނާގެ ޒިންހުއާ ނޫހާއި ހަވާލާދީ އެގައުމުގެ ކަމާބެހޭ އިދާރާތަކުން ވަނީ މިހާތަނަށް ހެދި އެސެސްމަންޓުތަކުން އެ ނަގޫރޯޅި އަކީ ލެވެލް ތިނެއްގެ ނަގޫރޯޅިއެއް ކަމަށް ރެކޯޑު ކުރެވިފައިވާ ކަމަށެވެ.
ގުއަންޒޯ އަށް ނަގޫރޯޅިއެއް އެރި އިރު، ޗައިނާގެ ދެކުނުގެ އެކި ސަރަހައްދުތަކަށް ވިއްސާރަވެ ބޯކޮށް ވާރޭވެހި ބޮޑެތި ގެއްލުންތައް ވަނީ ވެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ