ތަންޒޭނިއާގައި ފެންބޮޑުވެ 155 މީހުން މަރުވެއްޖެއެވެ.

ތަންޒޭނިއާ އަށް މޫސުން ގޯސްވެ ބޯކޮށް ވާރޭވެހި އެ ގައުމުގެ ވެރިރަށް ޑޮޑޮމާގައި ފެންބޮޑުވެފައިވާއިރު އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުން އެކަމުގެ ސަބަބުން ކުރިމަތިވި އެކި ހާދިސާތަކުގައި 155 މީހުން މަރުވެ 236 މީހަކަށް އެކިވަރުގެ އަނިޔާވެގެން ހޮސްޕިޓަލުތަކުގައި ދަނީ ފަރުވާ ދެމުންނެވެ.

ތަންޒޭނިއާގެ ބޮޑުވަޒީރު ކާސިމް މަޖަލިވާ އިއްޔެ އިއްޔެ ވިއްސާރައިގައި ލިބެމުންދާ ގެއްލުންތަކުގެ މައުލޫމާތު އެ ގައުމުގެ ގާނޫނުހަދާ މަޖިލީހާ ހިއްސާ ކުރައްވައިފައެވެ. އެގޮތުން މިހާތަނަށް 200،000 މީހުންނަށް ސީދާ އަސަރު ކޮށްފައިވާ ކަމަށާއި 10،000 އަށްވުރެ ގިނަ ގެއަށް އެކިވަރުގެ ގެއްލުންވެ ގިނަ ބަޔަކު ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ތަންޒޭނިއާގެ އިތުރުން އެ ގައުމާ އިންވެގެން އޮންނަ ކެންޔާއަށްވެސް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވެ، މިހާތަނަށް 32 މީހުން ވަނީ މަރުވެފައެވެ.