ޗައިނާއިން މިއަދު ތިން މީހުން ޖައްވަށް ފޮނުވާލަން ތައްޔާރުވެއްޖެއެވެ.
ޗައިނާއިން ވަނީ ދަ ޝެންޒޯ މިޝަންގައި އެ ގައުމުގެ ތިން މީހަކު ޓިއަންގޮންގް ސްޕޭސް ސްޓޭޝަނަށް މިއަދު ފޮނުވާލުމަށް ނިންމާފައިވާ ކަމަށް ބުނެފައެވެ.
ތިން އެސްޓްރަނައުޓުން ދަތުރުކުރާ ރޮކެޓް ނައްޓާލުމަށް ހަމަޖެހިފައިވަނީ ޖީއެމްޓީ ގަޑިން 12:59 ގައެވެ. ރާއްޖެ ގަޑިން 16:59 ގައެވެ.
އެ ރޮކެޓް ފޮނުވާލުމަށް ހަމަޖެހިފައި ވަނީ ޗައިނާގެ ހުޅަނގުއުތުރުން އޮންނަ ޖިއުކުއާން ސެޓަލައިޓް ލޯންޗިން ސެންޓަރުންނެވެ.
ޗައިނާގެ ތިން އެސްޓްރަނައުޓުންގެ ތެރޭގައި ހިމެނެނީ ޔޭ ގުއަންފޫގެ އިތުރުން ލީ ކޮންގް އަދި ލީ ގުއަންސޫއެވެ.
ޗައިނާއިން ވަނީ ޓިއަންގޮންގް ސްޕޭސް ސްޓޭޝަން މެދުވެރިކޮށް ޖައްވުގައި ހިނގާ ގިނަ ކަންކަމުގެ ދިރާސާތައްކޮށް 2030 ވަނަ އަހަރު އެ ގައުމުން އިންސާނުން ހަނދަށް ފޮނުވުމަށް ތައްޔާރުވަމުންދާ މިޝަން އަށް ގިނަ މައުލޫމާތު އެއްކުރަމުންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ