އިއްޔެ ބޭއްވި ވިހި ވަނަ ރައްޔިތުން މަޖިލިސް އިންތިހާބުގައި ވާދަ ކުރެއްވި އަންހެން ކެންޑިޑޭޓުންގެ ތެރެއިން ތިން ކެންޑިޑޭޓުން ގޮނޑި ކާމިޔާބު ކުރައްވައިފިއެވެ.
އެ ތިން ގޮނޑިވެސް ކާމިޔާބު ކުރެއްވީ ސަރުކާރު ކޯލިޝަން، ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަ ކުރެއްވި ތިން ކެންޑިޑޭޓުންނެވެ. އެއީ އެ ކޯލިޝަނުންވެސް ރައްޔިތުންގެ މަޖިލީހުގައި މި ފަހަރު ވާދަ ކުރެއްވި ހަމައެކަނި ތިން އަންހެން ކެންޑިޑޭޓުންނެވެ.
އެ ކެންޑިޑޭޓުންނަކީ ނިލަންދޫ ދާއިރާއަށް ވާދަކުރެއްވި، ރައީސުކްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކޮއްކޯފުޅު ފާތިމަތު ސައުދާ އާއި ހުރާ ދާއިރާއަށް ސަރުކާރުގެ ތާއީދާއެކު ވާދަކުރެއްވި އަނާރާ ނައީމްގެ އިތުރުން މާފަންނު މެދު ދާއިރާއަށް ވާދަކުރެއްވި އަސްމާ ރަޝީދުއެވެ.
އިއްޔެގެ މަޖިލިސް އިންތިހާބުގައި 43 އަންހެން ބޭކަނބަލުން ވާދަކުރެއްވި އިރު، މިހާރު ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ހިމެނިވަޑައިގެންނެވިއެވެ.
އަނާރާޔަކީ ކުރިން މަކުނުދޫ ދާއިރާގެ މެންބަރުކަން ކުރެއްވި ބޭފުޅެކެވެ. ނަމަވެސް މި ފަހަރު އަނާރާ ވާދަކުރެއްވީ ހުރާ ދާއިރާއަށެވެ. އެ ދާއިރާއަށް ވާދަކުރަން ނިންމީ ވެރިކަން ކުރާ ޕީއެންސީގެ ޕްރައިމަރީން ނާކާމިޔާބުވުމުންނެވެ. އަނާރާ ކުރިން މެންބަރުކަން ކުރެއްވި މަކުނުދޫ ދާއިރާއިން މި ފަހަރު ވާދަކޮށް ގޮނޑި ކާމިޔާބު ކުރެއްވީ، އޭނާގެ ފިރިކަލުން އާދަމް ޝަފީގެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުން އަނާރާއަށް ލިބުނީ 39.20 ޕަސަންޓެވެ އެއީ 769 ވޯޓެވެ.
މަޖިލިސް އިންތިހާބުގައި ނިލަންދޫ ދާއިރާއަށް ވާދަކުރެއްވީ ދެ ކެންޑިޑޭޓުންގެ ތެރެއިން ވަގުތީ ނަތީޖާ ދައްކާ ގޮތުން ސައުދާއަށް، 64.71 ޕަސަންޓް ލިބުނެވެ. އެއީ 1137 ވޯޓެވެ.
މާފަންނު މެދު ދާއިރާއަށް ވާދަކުރެއްވި އަސްމާ އަށް ލިބުނީ 45.25 ޕަސަންޓެވެ. އެއީ 866 ވޯޓެވެ. އަސްމާ ވަނީ 18 ވަނަ މަޖިލީހުގައި ވެސް މާފަންނު މެދު ދާއިރާގެ ގޮނޑި ފުރުއްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު