ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ލިބުނު ގޯތި ގުޅިފަޅަށް ބަދަލުކުރަން ދިން މުއްދަތު އިތުރުކޮށްފިއެވެ.
ގިރާވަރުފަޅުން ގޯތި ދޫކުރީ އެ ސަރަހައްދަށް ކޮންމެހެން ބޭނުންވާ މުހިންމު ހިދުމަތްތަކަށް ބޭނުންވާ ވަރަށް ބިން ކަނޑަނާޅައި ކަމަށާއި އެ ހިދުމަތްތަކަށް ބޭނުންވާ ބިންތަކާ އެކު، ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައުމުން އެ ތަނުން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭތީ، 1،347 ގޯތި ގުޅިފަޅަށް ބަދަލުކުރަން ނިންމައި، އެކަމަށް ހުޅުވާލީ މި މަހުގެ ހަވަނަ ދުވަހުއެވެ.
ގިރާވަރުފަޅުން ގުޅިފަޅަށް ގޯތި ބަދަލުކުރަން ދިން މުއްދަތު އިއްޔެ ހަމަވެފައިވާއިރު، ހައުސިން މިނިސްޓްރީން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ، މުއްދަތު އިތުރުކުރުމަށް ވަރަށް ގިނަ ބަޔަކު އެދެމުންދާތީ، މި ހަފުތާގެ ބުރާސްފަތި ދުވަހުގެ 23:00 ނިޔަލަށް އެ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ.
ގުޅިފަޅަށް ގޯތި ބަދަލުކުރުމަށް ހުށަހަޅަން ޖެހޭނީ ހިޔާވަހި ޕޯޓަލް މެދުވެރިކޮށެވެ. އަދި ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރަށް ގުޅިފަޅަށް ބަދަލުވާން ހުށަހަޅާ ނަމަ، އެ ފުރުސަތު ލިބޭ މީހުން ކަނޑައަޅާނީ ގުރުއަތު ނަގައިގެން ކަމަށް މިނިސްޓްރީން ކުރިން ބުނެފައިވެއެވެ.
- 1250 އަކަފޫޓުގެ 193 ގޯތި
- 1650 އަކަފޫޓުގެ 663 ގޯތި
- 2050 އަކަފޫޓުގެ 487 ގޯތި
- 2450 އަކަފޫޓުގެ 4 ގޯތި
ޚަބަރު
ޚަބަރު
ޚަބަރު