އުރީދޫ މޯލްޑިވްސްގެ ފަރާތުން މި އަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ހުޅުމާލެ ފޭސް 2 ގައި އީދު ސައި ބާއްވައިފިއެވެ.
އުރީދޫގެ އީދު ސައި ބޭއްވީ ހުޅުމާލެ ފޭސް ދޭއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރި ކްރިކެޓް ބިމުގައެވެ. އެ ސައިގައި ހިޔާ ސަރަހައްދުގައި އުޅޭ ގިނަ އަދަދެއްގެ އާންމުން ބައިވެރިވި އިރު، އެ ސައި ބާއްވާފައިވަނީ ހުޅުމާލެ ކޮމިއުނިޓީ ޑެވެލޮޕްމަންޓް ސޮސައިޓީއާ ގުޅިގެންނެވެ.
ހިޔާ ސަރަހައްދުގައި އީދު ސައި ބޭއްވުމުގެ އިތުރުން އުރީދޫން މިއަދު ވަނީ ހުޅުމާލެ ފޭސް އެކަކާއި މާލޭގައި އީދު ބޯކިބާވެސް ބަހައިފައެވެ.
އެގޮތުން ހުޅުމާލެ ފޭސް އެކެއްގައި އީދު ބޯކިބާ ބެހީ އީދު ނަމާދުގެ ބޮޑު ޖަމާއަތް ބޭއްވި ހުޅުމާލެ ސިންތެޓިކް ޓްރެކު ކައިރީގައި ހުންނަ ރެޑްވޭވް މޯލް ކައިރީގައެވެ. މާލޭގައި އީދު ބޯކިބާ ބެހީ އެސްޓީއޯ ސުޕަމާޓް ކައިރީގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު